ދިވެހިރާއްޖެ
އިޢުލާން
އިމްތިހާން ހެދުމަކާއި ނުލައި ލައިސެންސް ދޫކުރާނެ ޤައުމުތަކުގެ ލިސްޓް ޢާންމުކުރުން
ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް ގެނެވުނު 4 ވަނަ އިސްލާޙާއެކު، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން މިމިނިސްޓްރީން ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސެންސެއް އޮތް މީހުންނަށް، އެމާއްދާގެ (ހ) ގައި ބަޔާންކުރާ އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް މިމިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.
# |
ޤައުމުގެ ނަން |
1 |
އަފްޣާނިސްތާން |
2 |
ބޫޓާން |
3 |
އިންޑިޔާ |
4 |
ނޭޕާލް |
5 |
ޕާކިސްތާން |
6 |
ސްރީލަންކާ |
7 |
ބުރުނައީ |
8 |
ކެމްބޯޑިއާ |
9 |
އިންޑޮނީޝިއާ |
10 |
ލާއޯސް |
11 |
މެލޭޝިއާ |
12 |
މިޔަންމަރ |
13 |
ފިލިޕީންސް |
14 |
ސިންގަޕޯރ |
15 |
ތައިލެންޑް |
16 |
ވިއެޓްނާމް |
17 |
ޖަޕާން |
18 |
ޔުނައިޓެޑް ކިންގްޑޮމް |
19 |
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ |
20 |
ޗައިނާ |
21 |
ޔުނައިޓެޑް އެރެބް އެމިރެޓްސް |
22 |
ސްވިޓްޒަރލެންޑް |
23 |
ސަޢުދީ ޢަރަބިޔާ |
24 |
ބެލްޖިއަމް |
25 |
ޖަރމަނީ |
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
23 ޛުލްޙިއްޖާ 1442
02 އޮގަސްޓް 2021