ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FDC-HR/1/2021/32
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 18:27
ސުންގަޑި:
12 އޮގަސްޓް 2021 16:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: އޮފިސަރ، ހިޔުމަން ރިސޯސަސް
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.
މަޤާމު |
އޮފިސަރ، ހިޔުމަން ރިސޯސަސް |
ބޭނުންވާ އަދަދު |
01 |
ކުރިމަތިލުމުގެ ސުންގަޑި |
12 އޯގަސްޓް 2021 ބުރާސްފަތި ދުވަހުގެ 16:00 |
ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.
https://forms.gle/oPDLFaYkTF7Q7XQF9
ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.
02 އޮގަސްޓް 2021