މަސައްކަތް
ނަންބަރު: (IUL)142-A1/142/2021/86
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 17:37
ސުންގަޑި: 04 އޮގަސްޓް 2021 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ރ. އުނގޫފާރުގައި ޢިމާރާތްކޮށްފައިވާ އިސްލާމީ މަރްކަޒުގެ ނަންބޯޑާއި މިސްކިތުގެ ނަންބޯޑާއި ކެލިގްރަފީ އަދި މިންބަރު ހެދުން

ރ. އުނގޫފާރުގައި ޢިމާރާތްކޮށްފައިވާ އިސްލާމީ މަރްކަޒުގެ ނަންބޯޑާއި މިސްކިތުގެ ނަންބޯޑާއި ކެލިގްރަފީ އަދި މިންބަރު ހެދުމާއި ގުޅޭ

ރ.އުނގޫފާރުގައި ޢިމާރާތްކޮށްފައިވާ އިސްލާމީ މަރްކަޒުގެ ނަންބޯޑާއި މިސްކިތުގެ ނަންބޯޑާއި ކެލިގްރަފީ އަދި މިންބަރު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 04 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 10:30 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 08 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286، 3020252، 3020239 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 

02 އޮގަސްޓް 2021

02 އޮގަސްޓް 2021