ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2021/34
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 08 އޮގަސްޓް 2021 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލަށް އެސިސްޓެންޓަކު ހޯދުން

މި އިޢުލާންވަނީ 02 އޮގަސްޓް 2021 15:02 ގައި ބާތިލް ކުރެވިފައެވެ.


ބާރަށު ޕްރީސްކޫލަށް ތިރީގައި ދަންނަވާފައިވާ މަޤާމަށް ކޮންޓެކްޓް އުޞޫލުން މުވައްޒަފަކު ބޭނުން ވެއްޖެއެވެ.

 

މަޤާމް:

 

ޕްރީސްކޫލް އެސިސްޓެންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ޕްރީސްކޫލް

މުސާރަ:

-/2500 ރުފިޔާ

 ބޭނުންވާ ޢަދަދު:

01 ( އެކެއް )

 މުއްދަތު:

ވަޒީފާ ދޭ ދުވަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް

 

 

 

ތަޢުލީމާއި ތަޖުރިބާ:

 

  1. އަސާސީ ފެންވަރަށް ލިޔަންކިޔަން އެގުމާއި އެކު ގިނަވަގު މަސައްކަތުގައި އުޅެވޭނެފަދަ މީހަކަށްވުން.

 

 

 

މަޤާމުގެ މަސްޢޫލިއްޔަތުތައް:

1-          އިމާރާތްތަކުގެ ދިޔަދޮވިތައް ސްކޫލުން އަންގާ ގޮތަކަށް ސާފުކުރުން.

2-          ސްކޫލުގައި ހުރިތަކެތި ހުންނަންނުޖެހޭތަނުގައި ހުރިކަމުގައިވާނަމަ އެތަކެތި ރައްކާކޮށް ސްކޫލް ތެރޭގައާއި ސްކޫލް އިމާރާތަކީ، ކިޔަވާ ކުދިންނާއި، މުވައްޒިފުންނާއި، އިމާރާތަށް ވަދެނުކުމެ ހަދާފަރާތްތަކަށް ރައްކާތެރި ސާފުތާހިރު މާހައުލަކަށް ހަދާ ބެލެހެއްޓުން.

3-          ސްކޫލު ގޯތިތެރޭގައި ވިނަ ހައްދާފައިވާ ސަރަޙައްދު ކޮށައި ސާފުކޮށް ބެލެހެއްޓުން

4-          ސްކޫލް ތެރޭގައި ކުނިބުނީގެ ގޮތުގައި އެއްކުރެވޭތަކެއްޗާއި، ގުދަންކުރެވޭތަކެތީގެ ތެރެއިން އުކާލަންޖެހޭ ތަކެތި އުކާލުން.

5-          ސްކޫލްގެ އޮފީހާއި ގޮނޑި މޭޒު ކަބަޑު، ދޮރާއި ދޮރުފަތް އަދި ފަންކާ ސާފުކުރުން އަދި ތަށިމުށި ސާފުކޮށް މޮޕްޖެހުން.

 

 

 

 

6-          ސްކޫލްގެ ފާޚާނާތައް ތަޅުމާއި ބިތާއި ފާޚާނާ ތައްޓާއި މޫނުދޮންނަ ތަށި އަދި މިނޫނަސް ފާޚާނާގައި ބޭނުންކުރާ ޝަވަރާއި އިސްކުރުފަދަތަކެތި ފަރުވާތެރިކަމާ އެކު ރަގަޅަށް ސާފުކުރުން.

7-          ޙަވާލުކުރެވޭ ކްލާސްތަކުގައި ފަރުނީޗަރާއި ކްލާސްކަބަޑާއި ވަށިގަނޑު، ފަންކާފަދަ ތަކެތި ރަގަޅަށް ފޮޅައި ސާފުކޮށް ބެލެހެއްޓުން. އަދި މުށިޖަހައިފައި ހުންނަ ކްލާސްތަކުގައި މުށި ސާފުކޮށް މޮޕްޖެހުން.

8-          ސްކޫލް އިދާރާއިން ހަވާލުކުރެވޭ ރަސްމީ މަސައްކަތް ކުރުން.

9-          ބާރަށު ކައުންސިލުން އަންގާ ގޮތެއްގެ މަތިންސްކޫލްގެ ޢިމާރާތްތަކާއި ސްކޫލްގެ ގޯތިތެރެއާއި ގޯތީގެ މަގު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

10-      ޙަވާލުކުރެވޭ ވަގުތުތަކުގައި ފާޚާނާ ބެލެހެއްޓުން. އަދި ފާޚާނާކުރުމަށް އަންނަ ކުދިންނަށް އެހީތެރިވެދިނުން.

11-      ސުކޫލްގެ ސަރަހައްދުން އުފެދޭކުންޏާއި، އުފައްދާ ކުނިތައް ނައްތާލުން.

12-      ސްކޫލްގައި ބޭނުންކުރާ ތަށްޓާއި ފެންއަޅާ ޖަގާއި ކޫލަރުފަދަ ތަކެތި ދޮވެ، ސާފުކޮށް ބެލެހެއްޓުން.

13-      ސުކޫލްގައި ބާއްވާ ޖަލްސާތަކާއި، ބައްދަލުވުންތަކާއި،ޝޯތަކާއި، ޕާޓީތަކާއި، އަދި ހޯލްތައްޔާރުކުރުމާއި އެކަން ނިމުމުން ކުލާސްތައް ރޭވުމުގައި އެހީތެރިވެދިނުން.

14-      މީގެ އިތުރުންވެސް ކައުންސިލް އިދާރާއިން އަންގާ މަސައްކަތްތަށް ފަރުވާތެރިކަމާއެކު ކުރުން.

         

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ސިވިލް ސަރވިސް ކޮމިޝަނުން 2021 ( ދެވަނަ އިސްލާހުގެ ) 12 ވަނަ ނަމްބަރުގައި އަމަލުކުރަން ފައްޓަވާފައިވާ " ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި، އައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުޞޫލްތަކުގެ " ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

 

އުޖޫރައާއި އިނާޔަތްތައް:

ބާރަށު ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ އާއި ރަމަޟާން މަހުގެ އިނާޔަތް ދެވޭނެއެވެ.  

 

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚް:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި، ގަޑި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް، ފަހުން އަންގާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔުނަތަކާއިއެކު 08 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިޔުން.
  2. ލިޔަން ކިޔަން ދަންނަކަމުގެ ލިޔުމުގެ ފޮޓޯ ކޮޕީ ( ލިޔަންކިޔަން ދަންނަ ކަމުގެ ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރު ވާއިރު ގެންނަންވާނެއެވެ ).

 

 

 

 

 

  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. ( ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރު ވާއިރު ގެންނަންވާނެއެވެ ).

 

  1. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑްގެ ދެފުށުގެ ސާފު ކޮޕީ. ( އައިޑީކާޑްގެ އަސްލު، އިންޓަވިއު އަށް ހާޒިރު ވާއިރު ގެންނަން ވާނެއެވެ ).

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ).

 

އިތުރު މަޢުލޫމާތު:

   

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500016 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500170 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

02 އޮގަސްޓް 2021