ދިވެހިރާއްޖެ
ނަންބަރ:(IUL)346/346/2021/28
އިޢުލާން
|
އއ. ހިމަންދޫ ފުޓްސެލް ދަނޑުގެ ވަށައިފެންސުޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބޭހޭ:
އއ. ހިމަންދޫ ފުޓްސެލް ދަނޑުގެ ވަށައިފެންސުޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2021 އޮގަސްޓް 02 އިން 2021 އޮގަސްޓް 05 ވަނަ ދުވަހުގެ 10:00 ނިޔަލަށް ރަޖިސްޓަރީވުމަށް އެދި [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ނަންބަރު 6660061 ފޯނާ ރަސްމީ ގަޑީގައި ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން:
މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 05 އޮގަސްޓް 2021 ވާ ( ބުރާސްފަތި ) ދުވަހުގެ 11:00 ގައި އއ. ހިމަންދޫ ކައުންސިލްގެ އިދާރާގައެވެ.
ބިޑް ހުޅުވުން
މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 08 އޮގަސްޓް 2021 ވާ ( އާދިއްތަ ) ދުވަހުގެ 11:00 ގައި އއ. ހިމަންދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 އޯގަސްޓް 2021މ.
23 ޛުލްޙިއްޖަ 1442ހ