ދިވެހިރާއްޖެ
އިޢުލާން
މަޤާމު: |
ކައުންސިލް އޮފިސަރ |
މަޤާމްގެ ނަންބަރ: |
J-337544 |
ބޭނުންވާ ޢަދަދު: |
01 |
މަޤާމްގެ ގިންތި: |
ދާއިމީ |
މަޤާމްގެ ރޭންކް: |
އެމް.އެސް. 1 |
މަޤާމްގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ |
މުސާރަ: |
5610.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
2000 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
1- ޤައުމީ ތަރައްޤީގެ ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން 5 އަހަރު ދުވަހުގެ ރަށުތަރައްޤީގެ ޕްލޭން އެކުލަވާލައި، ރަށުތަރައްޤީގެ ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވައި، އަތޮޅު ކައުންސިލާއި ހިއްސާކުރުން އަދި ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތް ކުރުމާއި، ލިޔެކިޔުންތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން 2- ތަރައްޤީގެ މަޝްރޫއުތަކާއި މަސައްކަތްތައް ކަނޑައެޅި ހަމަޖެހިފައިވާ ގޮތުގެ މަތިން ހިންގުމާއި ބެލެހެއްޓުން. 3- ބޯހިމެނުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން. 4- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރަތްތަކާއި ތަންތަނުގެ މެއިންޓަނަންސް ކަންތައްތައް ރިޕޯޓްކުރުން. 5- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒްކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 6- ކްލަބުޖަމްޢިއްޔާތަކާ ގުޅިގެން ރަށުގެ ތަރައްޤީއަށް ހިންގޭ އެންމެހައި ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 7- ސަރުކާރުގެ އެކި މުވައްސަސާތަކުން ހިންގާ ޕްރޮޖެކްޓުތައް ހިނގާ ނުހިނގާ ގޮތް ބަލައި އެ މަސައްކަތް ވިލަރެސްކުރުމުގެ ގޮތުން ޕްރޮޖެކްޓުގެ މަސައްކަތަށް ބޭނުންވާ މުދާ / ތަކެތި ހޯދުމުގެ އިންތިޒާމު ހަމަޖެއްސުން 8- ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރަމުންގެންދަނީ ކަނޑައެޅިފައިވާ އެއްބަސްވުމާއި އެއްގޮތަށްތޯ ކަށަވަރުކުރުމާއި، އެއްވެސް މަސައްކަތެއް އެއްބަސްވުމާއި ޚިލާފަށްކުރިޔަށް ގެންދިޔަނުދިނުމާއި، އެފަދަކަމެއްކޮށްގެން ދިމާވާ ކަންކަމުގައި ކޮންޓްރެކްޓަރ ޒިއްމާދާރުކުރުވައި، އެމަސައްކަތެއް ރޫޅާނެގުމަށްފަހު އަލުން ކުރުވުމާއި، މިފަދަ ކަންކަމުގައި ކޮންޓްރެކްޓަރުން އެއްބަސްވުމާއި ޚިލާފަށް ކުރަމުން ގެންދާ ކަންކަން ރެކޯޑްކޮށް ބެލެހެއްޓުން. 9- ޕްރޮޖެކްޓް ހިނގާ ނުހިނގާ ގޮތް ބަލައި އޭގެ އަޕްޑޭޓު މުވައްޒަފުގެ ސުޕަވައިޒަރަށާއި، ކައުންސިލަށް އަދި ޕްރޮޖެކްޓު ހިންގާ މުވައްސަސާއަކަށް ދިނުން. 10- ރަށުގައި ހިންގުމަށް ހަދަންޖެހޭ ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ހެދުމާބެހޭ އެންމެހައި މަސައްކަތްތައްކުރުން. 11- އަމިއްލަ ފަރާތްތަކުންނާއި ކްލަބުކަޖަމްޢިއްޔާ ފަދަ ތަންތަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ބެލުމާއި އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން. 12-ޢިމާރާތް ބޭނުންކުރުމުގެ ހުއްދައާއި ބިން ބޭނުންކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ މަސައްކަތްތައް ކުރުން. 13-މަސްވެރިކަންކުރުމުގެ ލައިންސަންސް ދޫކުރުމާއި ބެހޭ އެންމެހައި މަސައްކަތްތައް ކުރުން. 14- ޙަވާލުކުރެވިފައިވާ މަސައްކަތަކާގުޅިގެން ހަދަންޖެހޭ ރިޕޯރޓްތައް ހެދުމާއި، ފޮނުވަންޖެހޭ ތަންތަނަށް ރިޕޯރޓްތައް ފޮނުވުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 15- ޘަގާފީ ކަންކަން ދިރުވައި އާލާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 16- މީހުންގެ އަމިއްލަބިންތަކާއި މުދާ، ޢާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ، ޢަދުލުވެރި ބަދަލުދިނުމަށްފަހު އެފަދަ ތަންތަނާއި ތަކެތި ނެގުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠު:
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން
|
|
ތަޢުލީމީ ރޮނގުތައް:
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
http://www.csc.gov.mv/downloads/15151
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓޤރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި،މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)، ވަކިވަކީން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިއވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކީން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޯށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ވުނަތަ ބައިނަލްއަޤްވާނީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފަގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮސްފައިވީ ނަމަވެސް) ވަކިންވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް"
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 2021 (ދެވަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމެނިފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 15 އޮގަސްޓް 2021 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 އޮގަސްޓް 16 އާއި 2021 ސެޕްޓެންބަރ 16 އާ ދެމެދު، ގއ ކޮލަމާފުށީ ކައުންސިލްގެ އިދާރާގައެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކުރުން: |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާ ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820017 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" ލިޔުންތައް ސިވިލ ސަރވިސް ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv/recruitment-usoolu އިން ލިބެންހުންނާނެއެވެ. |