ދިވެހިރާއްޖެ
މަޤާމު: |
ސެކިއުރިޓީ އޮފިސަރ |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް (04 މަސް ދުވަސް) |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ށ. ޅައިމަގު ސްކޫލް |
މުސާރަ: |
5000.00 ރުފިޔާ |
އިތުރު ޢިނާޔަތް: |
މިވަޒީފާއަށް އިތުރު އެއްވެސް އިނާޔަތެއް ދިނުމަށް ހަމަޖެހިފައެއްނުވެއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ސްކޫލްގެ ގޯތިތެރެއާއި އެންމެހައި އިމާރާތްތަކާއި އިމާރާތްތަކުގައިވާ ތަކެއްޗާއި ގޯތިވަށައިގެންވާ މަގުތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން. - ޑިއުޓީ ކުރަމުންދާއިރު އާދަޔާއި ޙިލާފުކަމެއް ހިނގައިފިނަމަ، ވަގުތުން އެކަމެއް ސްކޫލެއްގެ މަސްޢޫލުވެރިޔަކަށް އެންގުން. އަދި ބެލެހެއްޓުމުގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އިތުރުކަމެއް ކުރަންޖެހިއްޖެނަމަ އެވަގުތަކަށް ކުރެވެން އޮތްކަމެއް އެކަށީގެންވާ ގޮތެއްގައި ކުރުން. - ސްކޫލު ބަންދުކުރުމުން ސްކޫލުގައި ތަޅުލައި ބަންދުކޮށްފައި ހުންނަންޖެހޭ އެންމެހައި ތަންތަން ހުރީ ރަނގަޅަށް ބަންދުކޮށް ތަޅުލައިފައިތޯ ޗެކްކުރުން. ސްކޫލުބަންދު ގަޑީގައި ކަމާއި ނުބެހޭ އެއްވެސް މީހެއް ނުވަތަ އެއްޗެއް ވިޔަސް ސްކޫލްތެރެއަށް ނުވެއްދުން. - ސްކޫލް ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަކަސް ސްކޫލްގެ ކަމާއިބެހޭ ވެރިޔަކަށް އެންގުމާއިއެކު އެކަމެއް ހައްލުކުރުން. - ބަންދުގަޑީގައި ސްކޫލް ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި އެހެން މީހުން ސްކޫލްގެ ގޯތިތެރެޔަށާއި ޢިމާރާތަށް ވަނުން މަނާ ކުރުން. - ޑިޔުޓީގައި ހުންނައިރު މަދުވެގެން ކޮންމެ ގަޑިޔަކު އެއްފަހަރު ސްކޫލުގެ ގޯތިތެރެއާއި ޢިމާރާތްތަކާއި ވަށައިގެންވާ މަގުފާރު ޗެކްކުރުން. އަދި އާދަޔާއި ޙިލާފުކަމެއް ފާހަގަ ކުރެވޭނަމަ އެކަމެއް ސުކޫލްގެ ވެރިއަކަށް އަންގުން. - ހެނދުނު 06:00 ގައި ދިދަ ނަގާ ހަވީރު 06:00 ގައި ދިދަ ތިރިކުރުން. - ސެކިޔުރިޓީ ބެލެހެއްޓުމުގެ ވަޒީފާގައި ތިބެންޖެހޭނީ ސިއްޙީގޮތުން އެކަމަށް އެކަށީގެންވާ އުމުރުން 18 (އަށާރަ) އަހަރުންމަތި 65 (ފަސްދޮޅަސް ފަހެއް) އަހަރުން ދަށުގެ ދިވެއްސެއް ކަމުގައި ވާންވާނެއެވެ. - ޑިޔުޓީގައިހުންނައިރު މޯބައިލް ފޯނެއް އޮތުން. - ޑިޔުޓީ ޝިފްޓް ބަދަލުވާއިރު ޑިޔުޓީގައިހުރި މީހާ ދާންވާނީ އެޑިޔުޓީ ޝިފްޓް ބަދަލުވާ ސެކިޔުރިޓީ އޮފިސަރަކަށް އެޑިޔުޓީއެއްގައި ނޯޓްކޮށްފައިހުރި އަދި ރައްކާތެރިވާންޖެހޭނެ ކަމެއްވާނަމަ އެކަން އެންގުން. - ސްކޫލްގައި އޯލެވެލް، އޭލެވެލް އިމްތިހާނު އޮންނަ ދުވަސްވަރު އިތުރުކުއްޔަކާއިނުލާ ޑިޕާޓްމަންޓް އޮފް ފަބްލިކް އެގްޒެމިނޭޝަން އިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލްގައި އިމްތިހާން ކަރުދާސް ބަހައްޓާ (ރައްކާތެރި ކޮޓަރި) ގެ ސެކިޔުރިޓީ ބެލެއްޓުން. - ސްކޫލުގައި އަހަރުތެރޭގައި ބޭއްވޭ އެކިއެކި ބޮޑެތި އިހުތިފާލުތަކާއި ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި އެކަމަކާއި އެކަށީގެންވާ ފެންވަރަކަށް ސްކޫލުން އަންގާ ގޮތެއްގެ މަތިން އިތުރު އަގަކާއިނުލައި ސެކިޔުރިޓީ ބަލަހައްޓައިދިނުން. - އިމާރާތާއި ގޯތިތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުޞޫލުން ދިއްލައި ނިއްވުން. - ވޮޗަރުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގަޑިތަކުގައި، ގޭޓް ހުޅުވައި ލެއްޕުން) - ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ޤަވާއިދުން ރިޕޯޓްކުރުން. - އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން. - ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
ލިޔަން ކިޔަން އެގުން. ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:
ނުވަތަ،
ނުވަތަ،
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޮގަސްޓް 2021 ގެ 13:00 ގެ ކުރިން، ޅައިމަގު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 އޮގަސްޓް 2021 އާއި 16 އޮގަސްޓް 2021 އާ ދެމެދު، ޅައިމަގު ސްކޫލުގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 0578 654 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |