ދިވެހިރާއްޖެ
މި އިޢުލާންވަނީ 03 އޮގަސްޓް 2021 09:17 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެގޮތުން ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
މިމަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ކުރަންހުރި މަސައްކަތް:
• ސްކޫލުގެ 2 ފާހާނާގެ ބައެއް މަރާމާތު.
• ސްކޫލުގެ ކޮމްޕިއުޓަރ ލެބާއި ލައިބްރަރީގެ ބައެއް މަރާމާތު.
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ، ޤާނޫނު ނަންބަރު 18/2014 ( ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު )ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 19/2014 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަސްމީ ގަޑީގައި މި ސްކޫލަށް ވަޑައިގެން ނުވަތަ ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރަށް ( 6700026 ) ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓްކުރެވޭނެއެވެ. މި އިދާރާގެ އީމެއިލް އެޑްރެހަކީ: [email protected] އެވެ.
ނަން ނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 02 އޮގަސްޓް 2021 އިން 08 އޮގަސްޓް 2021އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން 14:00އާއި ހަމައަށެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓްކުރާ ފަރާތްތަކަށެވެ.
މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 10 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހު 13:00ގައި މި ސްކޫލުގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 12 އޮގަސްޓް 2021 ވަނަ ދުވަހު 13:00ގައި މި ސްކޫލުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ތާރީޚް، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައިއޮންނަންވާނެއެވެ.