މަސައްކަތް
ނަންބަރު: (IUL)384-A/2021/37
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 08 އޮގަސްޓް 2021 11:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ހަދައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ ކުރެހުމަކާއި އެއްގޮތަށް 10މަގުބައްތި ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މި މަގުބައްތިތައް ހަދައިދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 އޮގަސްޓް 2021ވާ އާދިއްތަ ދުވަހުގެ 11:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 11 އޮގަސްޓް 2021ވާ ބުދަ ދުވަހުގެ 11:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

 

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮގަސްޓް 2021