ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ މާކިންގ ހޯލުގައި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ ފަރާތްތައް ބޭނުންވެއެވެ.
މަސައްކަތަށް ކަނޑައެޅިފައިވަނީ، މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 60.00 (ފަސްދޮޅަސް)ރުފިޔާއެވެ. އަދި ކްލެރިކަލް މަސައްކަތުގައި ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، -/1000 (އެއްހާސް) ރުފިޔާ، ކޮންޓިނިއުޓީ އެލަވަންސް ގެ ގޮތުގައި ދެވޭނެއެވެ.
|
އެޗް.އެސް.ސީ |
|
ދިވެހި |
އިސްލާމް |
|
ބޭނުންވާ އަދަދު |
05 |
05 |
މާކިންގ ވޯކްޝޮޕް |
އޮގަސްޓް 24 ން 28 ށް |
|
މާކިންގ |
އޮގަސްޓް 30 ން ސެޕްޓެމްބަރ 12 ށް |
އެޗް.އެސް.ސީ އިމްތިޙާނުގެ މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށްދާނީ 14:00 ން 18:00 އަށެވެ.
ޝަރުޠު: ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ކުރިން މިމަސައްކަތުގައި އުޅެފައިވުން.
- § މި މަސައްކަތަށް މީހުން ނެގުމުގައި 40 އަހަރުން ދަށުގެ މީހުންނަށް އިސްކަން ދެވޭނެ އެވެ.
މިމަސައްކަތަށް އެދޭ ފޯމް" ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު 2021 އޮގަސްޓް 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް/ ހ.އަސްރަފީވިލާ (މަޖީދީމަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް ހުށަހެޅުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.