ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-B/1/2021/36
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 10 އޮގަސްޓް 2021 14:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އެޗް. އެސް. ސީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒޭމިނަރުންނާއި މާކަރުން ހޯދުން

2021 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލް ކުރުމާއި މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށް ގެންދިއުމަށާއި ޖަވާބު ކަރުދާސް މާކު ކުރުމަށް ތިރީގައިވާ ޢަދަދަށް މީހުން ބޭނުންވެއެވެ.

  • މާކިންގ ސްކީމް ފައިނަލް ކުރުމާއި މާކިންގ ވާރކްޝޮޕު ހިންގައިދިނުމަށް ކަނޑައެޅިފައިވަނީ 12,000.00 (ބާރަހާސް) ރުފިޔާއެވެ.  
  • މާކިންގ މަސައްކަތަށް ކަނޑައެޅިފައިވަނީ އެ އަހަރު މާކު ކުރާ މާކަރަކަށް ޖެހޭ ޖުމުލަ ޢަދަދުގެ އިތުރުން މަސްއޫލިއްޔަތު އެލަވަންސެވެ.
  • މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް -/60 (ފަސްދޮޅަސް) ރުފިޔާއެވެ.
  • މީގެ އިތުރުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، /1000 (އެއްހާސް) ރުފިޔާ، ކޮންޓިނިއުޓީ އެލަވަންސް ގެ ގޮތުގައި ދެވޭނެއެވެ.

 

 

އެޗް.އެސް.ސީ

ދިވެހި

އިސްލާމް

ޗީފް އެގްޒޭމިނަރ

01

01

އެގްޒޭމިނަރ

02

02

އޮޑިޓަރ

02

02

މޮޑަރޭޓަރ

03

03

މާކަރ

15

15

މާކިންގ ސްކީމް ފައިނަލް ކުރުން

އޮގަސްޓް 15 ން 22 ށް

މާކިންގ ވޯކްޝޮޕް

އޮގަސްޓް 24 ން 28 ށް

މާކިންގ

އޮގަސްޓް 30 ން ސެޕްޓެމްބަރ 12 ށް

 

  • އެޗް.އެސް.ސީ އިމްތިޙާނުގެ މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށްދާނީ މެންދުރު 14:00 ން 18:00 އަށެވެ. 

 

  • އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިނުވާ ފަރާތެއްނަމަ، މިކަމަށް އެދި ހުށަހެޅޭނީ އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށްފަހުއެވެ.
  • މާކިންގ މަސައްކަތަށް ނަގާނީ، ތަޢުލީމީ ފެންވަރާއި، ކިޔަވައިދިނިމުގެ ތަޖުރިބާ އާއި މަސައްކަތުގެ ތަޖުރިބާ އިން މާކުސް ދެވިފައިވާ މިންގަނޑުން އެންމެ މަތިން މާކުސް ލިބޭފަރާތް ތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ ޢަދަދަށެވެ. މަސައްކަތު ތަޖުރިބާ މިންކުރުމުގައި ބަލާނީ 10 އަހަރު ދުވަހުގެ މުއްދަތެވެ.

                                                                                                   

    ވީމާ، ސެކަންޑަރީ/ހަޔަރ ސެކަންޑަރީ އަށް ކިޔަވައިދެއްވައި، މިކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން "މާކު ކުރުމުގެ މަސައްކަތަށް އެދޭ ފޯމް" (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv   އިން ލިބެން ހުންނާނެއެވެ.) ފުރިހަމަކުރުމަށްފަހު 2021 އޮގަސްޓް 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް/ ހ.އަސްރަފީވިލާ (މަޖީދީމަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް ހުށަހެޅުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

01 އޮގަސްޓް 2021