ކުއްޔަށް ދިނުން
ނަންބަރު: A-381/I-2021/28
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި:
15 އޮގަސްޓް 2021 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫ ޕްރީސްކޫލް ހިންގި ޢިމާރާތް ކުއްޔަށް ދޫކުރުން
އިޢުލާން
* ކުޑަހުވަދޫ ޕްރީސްކޫލް ހިންގި ޢިމާރާތް ކުއްޔަށް ދޫކުރުން
މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ކުޑަހުވަދޫ ޕްރީސްކޫލް ހިންގި އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
- މަސައްކަތާއި ގުޅިގެންދެވޭ މަޢުލޫމާތުކަރުދާހާއި ފޯމް 2021 އޮގަސްޓް 01 ވަނަ ދުވަހުންފެށިގެން 2021 އޮގަސްޓް 10 ވަނަދުވަހުގެ 13:00 ނިޔަލަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.
- ޕްރީބިޑް މީޓިންގ އޮންނާނީ، 2021 އޮގަސްޓް 11 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕަރޕޯސް ބިލްޑިންގ ސެމިނަރ ރޫމް1 ގައެވެ. އަދި ޢިމާރާތާއި ތަކެތި ބައްލަވާލަންވަން އެދިލައްވާ ފަރާތްތަކަށް ހަމަ އެގަޑީގައި އެފުރުސަތު ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ބައްލަވައިގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގއަށް ވަޑައިގެންނެވުމަކީ ވަރަށް އެދެވިގެންވާކަމެއްކަމުގައި ދަންނަވަމެވެ.
- މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަވާ ފަރާތަކަށް އެދިވަޑައިގަންނަވާ މެއިލްއަކަށް މަޢުލޫމާތުގެ ޕީ.ޑީ.އެފް ކޮޕީއެއް މެއިލްކޮށްދެވޭނެއެވެ.
- ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ 2021 އޮގަސްޓް 15 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައެވެ.
- މައުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ.
- ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
- މަޢުލޫމާތު ކަރުދާރސް ވިއްކާ އަގު -/150 ރުފިޔާ
ޢިމާރާތުގެ ކުލި |
20% |
|
މާލީ ތަނަވަސްކަން |
10% |
|
ފަންނީ ޤާބިލްކަން (މަސައްކަތުގެ ތަޖްރިބާ) |
20% |
|
އިންސާނީ ވަޞީލަތް |
30% |
|
ޙިދުމަތް |
20% |
|
އިތުރުމަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
||
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
01 އޮގަސްޓް 2021
01 އޮގަސްޓް 2021