ދިވެހިރާއްޖެ
އިޢުލާނު
|
|
މަޤާމު: |
ސަރވެޔަރ |
މަޤާމުގެ ނަންބަރު: |
J-341108 |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް އެސް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ (މުނިސިޕަލް ސާރވިސަސް) |
މުސާރަ: |
6295 ރުފިޔާ |
ސަރވިސް އެލަވަންސް: |
2000 ރުފިޔާ |
އެހެނިހެން އެލަވަންސް: |
ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900 ރުފިޔާ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން - ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. - ރަށުގެ މުނިސިޕަލް ޙިދުމަތްތަކާއި އިޖުތިމާއި ހާލަތު މޮނިޓަރކޮށް ވަޒަންކޮށް ރަނގަޅުކުރުމަށް ކުރަންޖެހޭ ޓެކްނިކަލް އެންމެހައި މަސައްކަތްތައް ކުރުން - މުނިސިޕަލް ޚިދުމަތްތައް ފުޅާކުރުމަށް އެކުލަވާލެވޭ ޕްރޮޖެކްޓްތައް ގުޅުންހުރި ސެކްސަންތަކާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ކުރުން - އިމާރާތް ކުރުމާއި ބިންތަކާއި ބެހޭ އެކިއެކި ތަފާސްހިސާބުތަށް ބެލެހެއްޓުމާއި އެފަދަ މަޢުލޫމާތުތަށް އަދާހަމަކުރުން - ޢިމާރާތް ކުރުމާއި ގޮވެތި ގެދޮރާއި ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކާ މައްސަލަތައް ބަލައި ސުޕަވައިޒަރުގެ ލަފާގެމަތިން ހައްލުކުރުން - ސުޕަވައިޒަރުގެ ލަފާގެމަތިން، ރަށުގައި ހިންގާ ޕީ.އެސް.އައި.ޕީ (ހާއްސަކޮށް އުމްރާނީ ތަރައްޤީގެ) ޕްރޮޖެކްޓްތަކާ ގުޅިގެން ހުށައަޅާ ލިޔެކިޔުންތައް ދިރާސާކޮށް މަސައްކަތްތައް ކުރިއަށް ދަނީ ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް ޑްރޯއިންގ (އިންޖިނިއަރިންގ އަދި އާރކިޓެކްޗަރަލް) އަދި ޕްލޭންތަކާ އެއްގޮތަށް ކަން ޔަޤީންކުރުން - ޢިމާރާތް ކުރުމާއި ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ތައްޔާރުކުރުން - ޢިމާރާތް ކުރަމުންދާ ނުވަތަ ޢިމާރާތްކޮށްފައިވާ ތަނަކަށް ގެއްލުމެއްވެއްޖެނަމަ އެ ތަނެއްގެ ސްޓްރަކްޗަރަލް އިންސްޕެކްޝަން ހެދުމަށްފަހު އިންޕެކްޝަން ރިޕޯޓްތައްޔާރު ކުރުން - ޢިމާރާތް ކުރުމަށް ހުށަހެޅޭ ކުރެހުންތަށް ޕްލޭނިންގ ޤަވާއިދުތަކާއި އެއްގޮތަށް ޗެކްކޮށް އިންޖިނިއަރިންގ އަދި އާރކިޓެކްޗަރަލް މައްސަލަތަށް ހުރިތޯބެލުން. އަދި ރަށުގައި ކުރެވޭ ޢިމާރާތްކުރުމާ ގުޅޭ މަސައްކަތްތަށް ކުރިއަށްދަނީ ޕްލޭނިންގ ޤަވާއިދުތަކާއި ކައުންސިލުން އެކުލަވާލާފައިވާ އުސޫލްތަކާ އެއްގޮތަށްތޯ ބަލާ މޮނިޓަރކުރުން. - ޢިމާރާތްކުރުމަށާއި އިންފާރާއިގުޅޭ މަސައްކަތްތަކަށް ހުށަހެޅޭ ތަންތަނަށް ގޮސް ފައުންޑޭޝަނާއި ގޯތީގެ އިން އޮލަނބުކޮށް ޗެކްކުރުން އަދި އިމާރާތް ކުރުން ކުރިއަށް ދަނީ އިންޖިނިއަރިންގ އަދި އާރކިޓެކްޗަރަލް ކުރެހުންތަކާ އެއްގޮތަށްކަން ޔަގީން ކުރުން - އެކިއެކި ފަރާތްތަކަށް ދޫކުރެވޭ ބިންތަކުގެ ޑިވަލޮޕްމަންޓް ކޮންޓްރޯލްސް ތައްޔާރުކުރުން - ތަރައްޤީގެ ޕްލޭން އާއި ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބޭނުންވާ ބިމުގެ ސާރވޭތަށް ކޮށް ޓެކްނިކަލް ރިޕޯޓް ތައްޔާރުކުރުން - ސަރުކާރު އަދި އަމިއްލަ ބޭނުމަށް ދޫކުރެވޭ ކުދި އަދި ބޮޑެތި ބިންތަށް ޓޯޓަލް ސްޓޭޝަން ބޭނުންކޮށްގެން ސާރވޭކޮށް ޗާޓްކުރެހުން - އެއްމެދު ޢިމާރާތުގެ ރަޖިސްޓަރީ ހެދުމާއި ފްލެޓްގެ ރަޖިސްޓަރީ ޗާޓުތަށް ކުރެހުމާއި ޗެކްކުރުން - އަމިއްލަ އަދި ބަންޑާރަ ބިންބިމުގެ ރަޖިސްޓަރީ ހެދުމާއި، ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ބިންވިއްކުމާއި، ރަހުނު ކުރުން ފަދަ ކަންކަމާގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން. - ގޮވެތި ގެދޮރު ބެހުމަށާއި ރަޖިސްޓަރީ ހެދުމަށް ކުރަންޖެހޭ ސާރވޭކުރުމާއި، ސާރވޭ ރިޕޯޓު ތައްޔާރުކުރުން އަދި ސޮފްޓްވެއަރ ބޭނުންކޮށްގެން ބިމާއި ގޮވެތި ގެދޮރުގެ ޗާޓު ކުރެހުން. އަދި ޝަރުޢީ ކޯޓުތަކުގެ އެންގުންތަކާއި އެއްގޮތަށް ގޯތި ގެދޮރުގެ ޗާޓުތަށް ކުރަހާ ފޮނުވުން. - މުނިސިޕަލް ސާރވިސް ސެކްޝަންގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން |
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުން |
މަޤާމުގެ ތަޢުލީމީ ރޮނގުތައް (ކޯ) ބިލްޑިންގ ސަރވޭ ކޮންޓިޓީ ސަރވޭއިންގް
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް ސަރވޭއިންގް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (08 އޯގަސްޓް 2021) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 09 އޯގަސްޓް 2021 އާއި 09 ސެޕްޓެމްބަރ 2021 އާ ދެމެދު، ކުޅުދުއްފުށި ކައުންސިލް އިދާރާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527181 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |