ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2021/35
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 21:49
ސުންގަޑި: 29 ޖުލައި 2021 21:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ 110 ވަނަ މާއްދާގައި ރަށުކައުންސިލްތަކުން ކޮންމެ އަހަރަކު ފެބުރުއަރީ އަދި ޖުލައިމަހު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބައްދަލުވުން ބާއްވަން ވަނީ ކަނޑައަޅާފައެވެ.

     ވީމާ މިކައުންސިލުގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރުން 29 ޖުލައި 2021 ވާ ބުރާސްފަތިދުވަހުގެރޭ 21:00 ގައި ނޮޅިވަރަމު ސްކޫލް ހޯލްގައި އޮންނާނެއެވެ.

     ވީމާ މިބައްދަލުވުމަށް އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

25 ޖުލައި 2021