ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2021/35
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 30 ޖުލައި 2021 20:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމާއި ބެހޭ

އިޢުލާން

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ޖުލައިމަހުގައި ބާއްވަންޖެހޭ ރައްޔިތުންގެ ޢާއްމު ބައްދަލުވުން 2021 ޖުލައި 30 ވާ ހުކުރު ދުވަހުގެ ރޭ 8.30 ގައި ގދ.އަތޮޅުމަދަރުސާގެ ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ފާއިތުވި 6 މަސް ދުވަހުގެ ކައުންސިލް ހިގައިދިޔަ ގޮތުގެ ރިޕޯޓާއި، މާލީ ރިޕޯޓް ހުށަހެޅުން އޮންނާނެއެވެ.

ވީމާ ، މިބައްދަލުވުމަށް ގައްދޫ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޛުލްޙައްޖު  1442

24 ޖުލައި    2021

24 ޖުލައި 2021