ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2021/246
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 15:34
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލުން
ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލާފައިވާކަން އެ އެޖެންސީގެ ނަންބަރު 23-ES/23/2021/229 (19 ޖުލައި 2021) އެންގުމުން އަންގާފައިވާތީ އާއި މޮނިޓަރިންގގެ ޙަލަތާ ގުޅިގެން އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނެސްފައިވާތީ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލިކަމުގައި ވީނަމަވެސް މި ދަންނަވާ ކަންކަމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ؛
- މާލެއިންނާއި މޮނިޓަރިންގ ޙާލަތުގައިވާ ރަށްރަށުން އައްޑޫ އަށް ދަތުރުކުރައްވާއިރު ޙާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވެ ހުއްދަލިބިގެން ދަތުރުކުރުން،
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުނުން އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތް ދިނުން،
- ޢާންމު މައިދާންތަކާއި ޕާކުތަކުގައި ގިނަމީހުން އެއްވެ ނޫޅުން އަދި އެފަދަ ތަންތާގައި އުޅުމުގައި ގައިދުރުކަން ބެހެއްޓުން،
- ގެއިން ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުއްވުން،
- ބޯކޮށާ ތަންތަނާއި ސެލޫން ތަކުން އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތް ދިނުން،
- ޖިމް އަދި ފިޓްނަސް ސެންޓަރުތަކުން އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތް ދިނުން،
- ކުޅިވަރު މުބާރާތްތައް ނުބޭއްވުން އަދި ކުޅިވަރު ކުޅުމުގައި އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރެއްވުން.
މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.
09 ޛުލްޙިއްޖާ 1442
19 ޖުލައި 2021