ދިވެހިރާއްޖެ
އިޢުލާން
1442 ވަނަ އަހަރު އަޟްޙާ އީދު ދުވަސަކަމުގައިވާ 20 ޖުލައި 2021 ވާ އަންގާރަ ދުވަހަކީ މާލެ ސިޓީގެ ރައްޔިތުން ހަމަޖެހިލައިގެން އުފާ ފާޅުކޮށްލައި ހިތްހަމަ ޖައްސާލައި އުޅޭ ދުވަހަކަށް ހެދުމަށްޓަކައި ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް މާލޭ ސިޓީގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ކަމުގައި ހަމަޖައްސައިފީމެވެ.
ވީމާ، 20 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.
1- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދު
2- އެމްބިއުލެންސް
3- ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު
4- ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދު
5- ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
6- އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު
މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި އަންގާ ޢިއްލާން ކުރީމެވެ.
07 ޛުލްޙިއްޖާ 1442
17 ޖުލައި 2021
ނޯޓް: މި އިޢުލާނަކީ މި އޮތޯރިޓިގެ ނަންބަރު (IUL)202-A/1/2021/69 އިޢުލާނު ބާޠިލު ކުރުމަށްފަހު ކޮށްފައިވާ އިއުލާނެކެވެ.