ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކުރުން އަންނަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ދެމެދު އޮންނާނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. މާލެ ސިޓީގެ ކޮވިޑް 19 ގެ ޙާލަތައް ބަލާ މިފަހަރުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަވަށްތައް ވަކިންނެވެ. އެގޮތުން މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގެ ބައްދަލުވުންތައް ތާވަލް ކުރެވިފައިވާ ގޮތްތިރީގައި އެވަނީއެވެ. ހުޅުމާލޭގެ ބައްދަލުވުމުގެ ތާރީޚް ފަހުން އިޢުލާން ކުރާނެ ވާހަކަ ދެންނެވީމެވެ.
އަވަށު |
ތާރީޚް |
ގަނޑި |
ބައްދަލުވުން ބާއްވާ މާލަން |
ގަލޮޅު |
05 އޯގަސްޓް ދުވަހުގެރޭ |
8:30 |
ސިޓީޕާރކް (ބާއިންޖީންގެ ޕާރކް) |
ވިލިމާލެ |
08 އޯގަސްޓް ދުވަހުގެރޭ |
8:30 |
ވިލިމާލެ ފުޓްބޯޅަ ދަނޑު |
މައްޗަންގޯޅި |
10 އޯގަސްޓް ދުވަހުގެރޭ |
8:30 |
މާފަންނު ސްޓޭޑިއަމް ޓާރފް ދަނޑު |
މާފަންނު |
12 އޯގަސްޓް ދުވަހުގެރޭ |
8:30 |
ރަސްފަންނު |
ހެންވޭރު |
14 އޯގަސްޓް ދުވަހުގެރޭ |
8:30 |
ލޮނުޒިޔާރަތް ޕާރކް |
މިބައްދަލުވުންތަކުގައި ރައްޔިތުންނާ ގުޅޭ ކަންކަމުގައި މަޝްވަރާ ކުރެވޭނެއެވެ. ޚާއްސަގޮތެއްގައި ތިރީގައި ބަޔާންކުރާ ކަންކަމުގެ ޚިޔާލު ހޯދޭނެއެވެ.
- ލޭންޑް ޔޫސް ޕްލޭން
- ހައުސިން މަޝްރޫއުތައް ހިންގުން
- ގުޅީފަޅު / ގޯތި އަދި ފްލެޓް ދޭނެ ބިން ހޯދުމާ ބެހޭގޮތުން
- ކޮންސްޓްރަކްޝަން މަސައްކަތްތަކަށް މަގު ބަންދުކުރުން
- މަގުމަތި ހިނގާ މީހުންނަށް އުދަގޫ ވާގޮތަށް ހުންނަކަންކަން
- މަގުމަތީ ބުޅަލާ މެދު ކަންކުރާނެ ރަނގަޅު ގޮތެއް
- ހިނގާފައި އުޅޭ ގޯޅި / ޕާރކް ނުކުރާ ގޯޅި ތަކާ ބެހޭގޮތުން
- ޓްރެފިކް ވާރޑެން ތާރަފް ކުރުން
- ޕާރކިން ބިލްޑިންތައް އަޅާނެ ތަންތަން
- ފުޓްސަލް ދަނޑު/ ނެޓް ބޯލް ކޯރޓް ފަދަ ތަންތަން އަޅާނެ ތަންތަން
އަވަށްތަކަށް ޚާއްސަ ކަންތައްތައް