ނީލަން
ނަންބަރު: (IUL)410-A/410/2021/28
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 01 އޮގަސްޓް 2021 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ޓަނުގެ ނިޝާން ބްރޭންޑްގެ ޕިކަޕެއް ނީލަން ކިއުމާއި ބެހޭ

މި ކައުންސިލްގެ ކުނި އުފުލުމުގެ ޚިދުމަތުގައި ބޭނުން ކުރި ތިރީގައި މަޢުލޫމާތު ދެވިފައި މިވާ 1.5 ޓަނުގެ ނިޝާން ބްރޭންޑްގެ ޕިކަޕްގެ އިންޖީނަށް މައްސަލަތަކެއް ދިމާވެ ސްޓާރޓް ނުކުރެވި ޕިކަޕް ނުދުއްވިފައި އޮންނާތީ، އެޕިކަޕް ނީލަން ކިއުމަށް ދާންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 5 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވުމާއި ގުޅިގެން މި ޕިކަޕް ނީލަމުން ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.  މި ޕިކަޕް ނީލަން ކިއުން އޮންނާނީ މިހުޅުވާލެވޭ ސިޓީލާ ނީލަމުގައިއެވެ. މި ޕިކަޕްގެ ނީލަން ފެށޭ އެންމެ ދަށް އަގަކީ:- 145,000.00ރ (އެއްލައްކަ ސާޅީސް ފާސްހާސް ރުފިޔާ) އެވެ.

 

1. ޕިކަޕާއި އަދި އިންޖީނާއި ބެހޭ މަޢުލޫމާތު (އެއްގަމު އުޅަނދުގެ ރަޖިސްޓްރީ އިން ނަގާފައިވާ)

1- މޮޑެލް ނަންބަރ:                 SKG-SZ2F24

2- ޗެސިސް ނަންބަރ:               SZ2F24-041403          

3- އިންޖީން / މޯޓަރ އުއްފެއްދި ކުންފުނި:    NISSAN

4- އިންޖީން / މޯޓަރ ސީރިއަލް ނަންބަރ:    ZD30-322680K

5- ހަކަތައިގެބާވަތް:                 DIESEL    

6- އުފުލޭ ބަރުދަން:                1500 ކިލޯ ( 1.5 ޓަން )

 

2. ޕިކަޕް އިންޖީނު ޑައަގްނޯސްކުރުމުން ދައްކާ އެރޯ ކޯޑްތަކާއި އެކޯޑް ތަކުގެ ތަފްސީލް:

 

3. ޕިކަޕް އިންޖީނު ޑައަގްނޯސްކުރުމުން ޑައަގްނޯސް ރިޕޯޓުން ދައްކާ، ޕިކަޕުގެ އިންޖީނުގައި ހުރި މައްސަލަތައް:

    1. Fuel filter is out of order. Fuel pump pressure is low and there is a large fuel leak from 4 injectors.
    2. Fuel system needs to be serviced and fuel filter, fuel pump and injectors needs to be replaced.
    3. Turbo system needs to be serviced. Air intake system and sensors needs to be serviced.
    4. Diesel particulate filer needs to be completely removed and EUC needs to be reprogrammed.

 

4. ޕިކަޕް ގެ ފޮޓޯ:

ސިޓީލާ ނީލަން ކުރިއަށް ގެންދިއުން އޮންނާނީ މިމަކަމަށް ޚާއްޞަ ކުރެވިފައި މިވާ ލިންކް https://dhaandhoo.gov.mv/neelan/ މެދުވެރިކޮށް މި އިއުލާނާއި އެކުގައިވާ ސިޓީއިން އޮންލައިންކޮށް އަގު ހުށަހަޅައިގެންނެވެ. ނީލަމުގައި ބައިވެރިވާ މީހުންނަށް އެއިރަކު އޮންނަ އަގަށް އެންމެ ދަށްވެގެން ފަހަރަކު އިތުރުކުރެވޭނީ 5,000.00ރ (ފަސްހާސް ރުފިޔާ) އެވެ. ލިބެމުންދާ އަގުތައް ކައުންސިލުން ވެރިފައި ކުރުމަށްފަހު މި ލިންކަށް އަދާހަމަކުރަމުން ގެންދާނީ ހުށަހަޅާ އެންމެ ބޮޑު އަގެވެ. އެއިރަކު ހުށަހެޅިފައި އޮންނަ އަގަށްވުރެ ދަށް އަގެއް ހުށަހަޅައިފިނަމަ އެއަގެއް ބަލައިނުގަނެވޭނެއެވެ. އެފަދަ ފަރާތްތަކަށް މެއިލަށް ނޯޓިފިކޭޝަނެއް ފޮނުވޭނެއެވެ. މި ލިންކުން 24 ގަޑިއިރު ވަންދެން އެއް އަގެއް އޮވެއްޖެ ނަމަ އެއަގެއް ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

އަދި ރަށުން ކައުންސިލަށް ހާޒިރުވެ އަގުހުށަހަޅަން ބޭނުންވާ ފަރާތްތަކަށްވެސް މި ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައި އެވެ. އެފަދަ ފަރާތްތަކުންވެސް މި އިޢުލާނާއެކުގައިވާ ސިޓީ އިން އަގު ހުށަހަޅަންވާނެއެވެ. މި ދެގޮތުން ކުރެ ގޮތަކުން ހުށަހަޅާ އަގުތަށްވެސް މި ކައުންސިލްގެ މިދަންނަވާ ލިންކް https://dhaandhoo.gov.mv/neelan/ މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ހުރިހާ ފަރާތަކުންވެސް އަގު ހުށަހަޅަމުން ގެންދަންވާނީ މި އިޢުލާނާއެކުވާއި ސިޓީއިންނެވެ. މިނޫންގޮތެއްގައި ހުށަހަޅާ އަގުތައް ބަލައި ނުގަނެވޭނެއެވެ.

ނީލަން ނިންމާލުމަށްފަހު ނީލަމުގައި ބައިވެރިވި އެންމެންގެ ތެރެއިން ނީލަން ކާމިޔާބުކުރި ފަރާތަށް ނީލަން ކާމިޔާބު ކުރެވުނު ކަމާއި ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ނީލަން ކާމިޔާބު ނުކުރެވޭކަމުގެ ލިއުން ނީލަން ނިންމާތާ 2 ގަޑިއިރުތެރޭގައި ނީލަމުގައި ބައިވެރިވާ ފަރާތްތަކުގެ އީމެއިލަށް ނުވަތަ އެފަރާތެއްގެ މޯބައިލް ނަންބަރަށް ވައިބަރ މެދުވެރިކޮށް ފޮނުވޭނެއެވެ.

ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕިކަޕް ބަލާލަން ބޭނުންވާނަމަ 13 ޖުލައި 2021 ވަނަ ދުވަހުން ފެށިގެން 31 ޖުލައި 2021 ވަނަ ދުވަހުގެ ނިޔަލަށް އެފުރުޞަތު ދެވިފައި އޮންނާނެއެވެ. ޕިކަޕް ބަލާލަން އަންނަ ފަރާތްތަކުން އެކަން މި ކައުންސިލްގެ ހޮޓްލައިން ނަންބަރ 7330026 އަށް ވައިބާއިން އެކަން ބަޔާންކޮށް މެސެޖްކޮށްލުމުން އެފުރުޞަތު ލިބޭނެގޮތް ހަމަޖައްސައި ދެވޭނެއެވެ. ޕިކަޕް ބަލާލަން އަންނަ އައުމުގައި އެއްވެސް ޚަރަދެއް ހިގާނަމަ އެޚަރަދެއް ކުރަންވާނީ ޕިކަޕް ބަލާލަން އަންނަމީހެއްގެ އަމިއްލައަށެވެ.  

 

ނީލަމަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނީ 01 އޯގަސްޓް 2021 ވަނަ ދުވަހުގެ 13:00 އިން  ފެށިގެން 12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހު 10:00 އަށެވެ.

އަގު ހުށަހެޅުމަށް ފޮނުވާ ލިއުން އެޑްރެސް ކުރާނީ ދާންދޫ ކައުންސިލްގެ ރައިސަށެވެ. އެ ލިއުމުގައި މި އިޢުލާން ނަމްބަރަށް ހަވާލާދެވިފައި އޮންނަން ވާނެއެވެ. އަދި ނީލަމަށް އެއިރަކު ހުށަހެޅުމަށް ބޭނުންވާ އަގު ކުރިން އޮންނަ އަގަށް މި އިޢުލާނާއި އެއްގޮތަށް އަގު އިތުރުކުރަމުން އަގުހުށަހަޅަމުން ގެންދިއުމަށް މި ނީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ސަމާލުކަން ދެއްވުމަށް ދެންނެވީމެވެ.

މި ނީލަން ކާމިޔާބު ކުރާފަރާތުން ޕިކަޕް ގެންދަންވާނީ ނީލަން ނިމުނު އަގު އެއްފަހަރާ މިކައުންސިލްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ވިލިނގިލީ ބްރާންޗުގައި ހުޅުވާފައިވާ މި އިދާރާގެ ނަންބަރ 001-7000358-7712 އެކައުންޓަށް ޖަމާކުރުމަށްފަހު އެކަން މިކައުންސިލުން ކަށަވަރު ކުރުމަށްފަހު ގައެވެ. އަދި ޕިކަޕް ގެންދާ އިރު ޕިކަޕް ނީލަމުން ނަގާ ފަރާތަށް ރަޖިސްޓްރީ ބަދަލުކުރުމަށް ބޭނުންވާ ލިޔެކިއުންތައް ޕިކަޕް ގެންދާ ފަރާތާއި ހަވާލުކުރެވޭނެއެވެ. ޕިކަޕް އޮތްތަނުން ޕިކަޕް ގެންދިއުމަށް ކުރަންޖެހޭ ޚަރަދު ކުރަންވާނީ ޕިކަޕް ނަގާފަރާތުގެ އަމިއްލަ ޚަރަދުގައިއެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

15 ޖުލައި 2021