މަސައްކަތް
ނަންބަރު: (IUL)475/475/2021/172
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 10 އޮގަސްޓް 2021 13:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕޮލިޓެކްނިކް އިންސްޓިޓިއުޓެއްގެ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯވިންގް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން

ޕޮލިޓެކްނިކް އިންސްޓިޓިއުޓެއްގެ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯވިންގް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ކ.ތުލުސްދޫގައި އެކޮމޮޑޭޝަން ބްލޮކަކާއެކު ޕޮލިޓެކްނިކް އިންސްޓިޓިއުޓެއް ޤާއިމުކުރުމަށްޓަކައި ކޮންސެޕްޓް ޑިޒައިނާއި ބީއޯކިއު އަދި ތަފްސީލީ ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އަރުވަމެވެ. މި މަސައްކަތާއި ގުޅުން ހުރި މައުލޫމާތާއި، ޝަރުތުތަކާއި، މާކްސްދޭނެ މިންގަނޑު އިއުލާނާއެކު މިވަނީއެވެ.

            މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2021 ޖުލައި 29 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އީ-މެއިލް ކުރައްވާއިރު ޝައުގުވެރިކަން ފާޅުކުރައްވާ ތަނުގެ މައުލޫމާތު ހިމަނަންވާނެއެވެ. މައުލޫމާތު ދިނުން އޮންނާނީ 2021 އޮގަސްޓް 02 ގެ 11:00 ގައި އޮންލައިންކޮށެވެ. އަދި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ސެޝަންގެ ލިންކް އީ-މެއިލް އިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2021 އޮގަސްޓް 10 ގެ 13:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނުލެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

15 ޖުލައި 2021