މަސައްކަތް
ނަންބަރު: (IUL)475/475/2021/172
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 10 އޮގަސްޓް 2021 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޖޫނިއަރ ކޮލެޖްގެ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯވިންގް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން

ޖޫނިއަރ ކޮލެޖްގެ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯވިންގް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

ހއ. ދިއްދޫ އަދި ނ.ކެދިކުޅުދޫގައި އެކޮމޮޑޭޝަން ބްލޮކަކާއެކު ޖޫނިއަރ ކޮލެޖް ޤާއިމުކުރުމަށްޓަކައި ކޮންސެޕްޓް ޑިޒައިނާއި ބީއޯކިއު އަދި ތަފްސީލީ ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އަރުވަމެވެ. މި މަސައްކަތާއި ގުޅުން ހުރި މައުލޫމާތާއި، ޝަރުތުތަކާއި، މާކްސްދޭނެ މިންގަނޑު އިއުލާނާއެކު މިވަނީއެވެ.

            މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2021 ޖުލައި 29 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އީ-މެއިލް ކުރައްވާއިރު ޝައުގުވެރިކަން ފާޅުކުރައްވާ ތަނުގެ މައުލޫމާތު ހިމަނަންވާނެއެވެ. މައުލޫމާތު ދިނުން އޮންނާނީ 2021 އޮގަސްޓް 02 ގެ 13:00 ގައި އޮންލައިންކޮށެވެ. އަދި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ސެޝަންގެ ލިންކް އީ-މެއިލް އިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2021 އޮގަސްޓް 10 ގައި އަންނަނިވި ގަޑިތަކުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ.

  • ހއ.ދިއްދޫ: 2021 އޮގަސްޓް 10 ވަނަ ދުވަހުގެ 09:00
  • ނ.ކެދިކުޅުދޫ: 2021 އޮގަސްޓް 10 ވަނަ ދުވަހުގެ 11:00

މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނުލެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

15 ޖުލައި 2021