ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2021/61
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި:
15 އޮގަސްޓް 2021 14:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އއ. ފެރިދޫ ނެތިގޮސްފައިވާ ސަގާފީ ތަރިކައިގެ މަޢުލޫމާތު ހޯދުން:
ނަންބަރު:A/IUL/344/2021/24
އިޢުލާން
އއ. ފެރިދޫ ނެތިގޮސްފައިވާ ސަގާފީ ތަރިކައިގެ މަޢުލޫމާތު ހޯދުން:
އއ. ފެރިދޫގެ ނެތިގޮސްފައިވާ ސަގާފީ ތަރިކައިގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލިޔުމަކުން 2021 އޮގަސްޓް 05 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދި ދެންނެވީމެވެ. ސަގާފީ ތަރިކައިގެ ބައެއް މަޢުލޫމާތު، މިސާލާއެކު ތިރީގައި އެވަނީއެވެ.
ސަގާފީ ތަރިކަ ބެހިގެންވާ ބައިތައް:
- އުފުލޭ ސަގާފީ ތަރިކަ، މިސާލަކަށް:
- ލޯމާފާނު، ރުނބާ
- އާސާރީ ބިނާތައް، މިސާލަކަށް:
- ޏ. ފުވައްމުލަކު ގެންމިސްކިތް ވެޔޮ، ބ. ކެންދޫ ތަބްރޭޒްގެފާނުގެ މަޤާމްފުޅު
- އާސާރީ ސަރަޙައްދުތައް، މިސާލަކަށް:
- ނ. ލަންދޫ މާބުދުގެ
- މަޢުނަވީ ސަގާފީ ތަރިކަ، މިސާލަކަށް:
- ދޫދޫމަތިން ވާރުތަވަމުން އަންނަ ސަގާފަތާ ގުޅުންހުރި ކަންކަން، ފާޅުކުރުންތައް: މީގެ ތެރޭގައި ބަނދި، ފަރިހި، ފޯކްލޯ ވާހަކަ ފަދަ ތަކެތި ހިމެނޭ
- ފަންނީ ހުށަހެޅުން: މިސާލަކަށް ބަނޑިޔާ ޖެހުން، ތާރަޖެހުން، ބޮޑުބެރު މިފަދަ ފަންނުތައް
- އިޖްތިމާއީ އާދަކާދަތައް، ރަސްމުތައް އަދި ރަސްމިއްޔާތުތައް: މީގެ ތެރޭގައި ހިއްޗަށް ވަޑައިގަތުން، ޚިތާނުކުރުން، ކައިވެނިކުރުން، އެކި ރަށްރަށުގައި އީދު ފާހަގަކުރެވޭގޮތް ހިމެނޭ
- އިލްމާއި ގުދުރަތީ ކައުނާ ގުޅުންހުރި ކަންކަން: މިސާލަކަށް ފަންޑިތަވެރިކަން، މާލިމީކަން، ނުޖޫމީ އިލްމު އަދި ދިވެހި ބޭސްވެރިކަން ފަދަ ކަންތައް ހިމެނޭ
- ސަގާފަތާ އާދަ ކާދަޔާ ގުޅޭ އުފެއްދުންތެރިކަން: ހާއްސަ ކާބޯތަކެތި، ކަނބުރުވެރިކަން، އޮޑި ދޯނި ފަހަރުބަނުން އަދި ލިޔެލާޖެހުން ފަދަ ކަންތައް ހިމެނޭ
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
05 ޛުލްޙިއްޖާ 1442
15 ޖުލައި 2021