ބީލަން
ނަންބަރު: (IUL)425-A2/1/2021/116
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 20:45
ސުންގަޑި: 16 އޮގަސްޓް 2021 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސީޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ސަލްޓަންޕާކާއި ،ލޮނުޒިޔާރަތްޕާކުގައި ޤާއިމް ކުރެވިފައިވާ މަސްފެންގަނޑު 01 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ހިންގާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މާލޭ ސީޓީކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަލްޓަންޕާކާއި، ލޮނުޒިޔާރަތް ޕާކުގައި އޮންނަ މަސްފެންގަނޑު 01 އަހަރު ދުވަހުގެ މުއްދަތަށް  މަރާމަތުކޮށް ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ، ކަނޑައެޅިފައިވާ ވަގުތުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.  

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 10 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި އޮންނަ މައުލޫމާތު ސެޝަނަށް ވަޑައިގެން (ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި) އެފޯމް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބީލަން ރެޖިސްޓްރޭޝަން ފޯމް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި މިއިދާރާ (ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި) ގައެވެ.

 

މިއިޢުލާނާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ބީލަން ރެޖިސްޓްރޭޝަން ފޯމް ދެވިފައިވާ ސުންގަޑީގެކުރިން ހުށަނާޅާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

14 ޖުލައި 2021