ދިވެހިރާއްޖެ
އިޢުލާނު
2011 ވަނަ އަހަރު ފެށުނު "ވެށިފަހި މާލެ ޕްރޮގްރާމު" ގެ ކެޓަގަރީ – އޭ ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން ވިއްކުމަށް ހަމަޖެހިފައިވާ ބިންތައް ވިއްކާނެ އައު އުސޫލު އެކުލަވާލާ 28 ޖޫން 2021 ގައި ވަނީ ގެޒެޓް ކުރެވިފައެވެ. މި އުސޫލު ހެދުމުގެ ކުރިން "ވެށިފަހި މާލެ ޕްރޮގްރާމު" ގެ ކެޓަގަރީ – އޭ ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން، ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްއިން 18 ޑިސެމްބަރ 2018 ގައި ކުރެވުނު ނަންބަރު IUL)138-PS2/138/2018/239) އިޢުލާނުގެ ދަށުން ވިއްކުމަށް އިޢުލާނުކޮށްފައިވާ ބިންތަކުގެ ތެރޭގައި އެއް ބިމެއް ގަތުމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާ ބިންތައް ވިއްކުމުގައި ދިރިއުޅުމުގެ ޙާލަތު ވަޒަން ކުރެވޭނެ އުޞޫލެއް އެއިރު ގެޒެޓް ކުރެވިފައިނުވާތީ ވިއްކުމަށް އިޢުލާނުކޮށްފައިވާ ތިރީގައި ދަންނަވާފައިވާ ބިންތައް ގަތުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް ބާޠިލްކުރިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ. އަދި މިކަމަށް އެކުލަވާލެވުނު އައު އުސޫލުގެ ދަށުން މި ބިންތައް ވިއްކުމަށް އަލުން އިޢުލާނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
|
އެޑްރެސް |
އަކަފޫޓު |
1 |
މ. ކެރިންލައިޓް އުތުރުބައި އިން ދައުލަތަށް މިލްކުވެފައިވާ ބިން (1) |
171 |
2 |
މ. ކެރިންލައިޓް އުތުރުބައި އިން ދައުލަތަށް މިލްކުވެފައިވާ ބިން (2) |
173.67 |
3 |
މއ. އޮއިސިސްވިލާ އިން ދައުލަތަށް މިލްކުވެފައިވާ ބިން (1) |
806.61 |
4 |
މއ. އޮއިސިސްވިލާ އިން ދައުލަތަށް މިލްކުވެފައިވާ ބިން (2) |
537.71 |
5 |
މއ. ވިލާރޮދި އިން ދައުލަތަށް މިލްކުވެފައިވާ ބިން |
199.6 |
6 |
ގ. ދިލްފިޒާގެ އިން ދައުލަތަށް މިލްކުވެފައިވާ ބިން |
127 |
7 |
ހ. ޒެފާ އިން ދައުލަތަށް މިލްކުވެފައިވާ ބިން |
292.5 |
8 |
ވ. އައްސޭރިވާދީ އިން ދައުލަތަށް މިލްކުވެފައިވާ ބިން (1) |
100.25 |
9 |
ވ. އައްސޭރިވާދީ އިން ދައުލަތަށް މިލްކުވެފައިވާ ބިން (2) |
100.25 |
10 |
ވ. އައްސޭރިވާދީ އިން ދައުލަތަށް މިލްކުވެފައިވާ ބިން (3) |
100.25 |
11 |
ވ. އައްސޭރިވާދީ އިން ދައުލަތަށް މިލްކުވެފައިވާ ބިން (4) |
100.25 |