ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285-D/285/2021/43
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 01 އޮގަސްޓް 2021 00:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ދޫކުރުމަށް ކަނޑައަޅާ ތަކެތިން ފީނެގުމާއި ގުޅޭ

 

އިޢުލާން

ކައުންސިލުން ދޫކުރުމަށް ކަނޑައަޅާ ތަކެތިން ފީނެގުމާއި ގުޅޭ

މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރުއްގަސްތަކުންނާއި ކައުންސިލްގެ ހަރުމުދާ އާންމު ފަރާތްތަކުގެ އެކިއެކި ބޭނުންތަކަށް ދޫކުރުރާއިރު އެތަކެތިން ފީއެއް ނެގުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ 01 އޮގަސްޓް 2021 ވަނަ ދުވަހުން ފެށިގެން ކައުންސިލުން ދޫކުރާ ތަކެތި ދޫކުރެވޭނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމު މެދުވެރިކޮށް އެކަމަށް ކަނޑައެޅިފައިވާ ފީ ކައުންސިލަށް ދެއްކުމަށް ފަހުގައެވެ. މިކަމަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގައި 8:00 ން 14:00 އަށް ކައުންސިލު އިދާރާއިން ދޫކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ރަސްމީ ބަންދު ނޫން ދުވަސްތަކުގައި މިހިދުމަތްތަކަށް އެދޭނަމަ ކައުންސިލަރ  އަލްފާޟިލާ މަރިޔަމް ނަސްފާ (ފޯން ނަންބަރ: 9988026) އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

ވީމާ މި ކައުންސިލްގެ ރުއްގަސްތަކުން ތަކެތި ގަންނަ ކަމަށްވާނަމަ ނުވަތަ ކައުންސިލުން އެކިއެކި ބޭނުންތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ތަކެތި ބޭނުންކުރާނަމަ މަތީގައި ދެންނެވިފައިވާ ގޮތަށް އަމަލުކުރެއްވުން އެދެމެވެ. މި އިއުލާނާއެކު، ކައުންސިލުން ދޫކުރުމަށް ކަނޑައެޅިފައިވާ ތަކެތީގެ އަގު ލިސްޓް އާންމުކުރެވިފައި ވާ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                04 ޛުލްހިއްޖާ 1442

14 ޖުލައި 2021

                                               

   

                                                         ހުސައިން އަބޫބަކުރު

                                                      ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

14 ޖުލައި 2021