ބީލަން
ނަންބަރު: (IUL)368-AS/368/2021/34
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 03 އޮގަސްޓް 2021 12:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްގަރު ކައުންސިލްގެ ވެބްސައިޓް އަދި ވެބް އެޕްލިކޭޝަން ތައްޔާރުކުރުމާ ގުޅޭ

ދިއްގަރު ކައުންސިލްގެ ވެބްސައިޓް އަދި ވެބް އެޕްލިކޭޝަން ތައްޔާރުކުރުމާ ގުޅޭ

މިކައުންސިލްގެ ވެބްސައިޓް އަދި ވެބް އެޕްލިކޭޝަން ބަޔަކާއި ހަވާލުކޮށްގެން ތައްޔާރުކުރުމަށް މިކައުންސިލުން ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

                                       

ރަޖިސްޓަރީ ކުރުން: ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން،  03 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.

ރަޖިސްޓަރީ ކުރުމަށް އެދި ހުށައަޅާއިރު އަމިއްލަ ފަރާތެއް ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށައަޅަންވާނެއެވެ.

ކުންފުނި/ވިޔަފާރިއެއްނަމަ، ރަޖިސްޓަރީގެ ކޮޕީއެއް ހުށައަޅަންވާނެއެވެ.

 

މައުލޫމާތު ކަރުދާސް ދޫކުރުން: މި ކަމަށް އެދި ރަޖިސްޓަރީ ކުރުމަށް އޮތް މުއްދަތުގައި ރަޖިސްޓަރީ ވާ ފަރާތްތަކަށް 05 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ކުރިން، އީމެއިލް މެދުވެރިކޮށް މައުލޫމާތު ކަރުދާސް ފޮނުވާނެއެވެ.           

 

ޕްރޮޕޯސަލް ހުށައެޅުން: ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި އަކީ 12 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. ޕްރޮޕޯސަލް ހުށާއެޅުމަށް ދީވަފައިވާ ސުންގަޑީގެ ފަހުން ހުށައަޅާ އެއްވެސް ޕްރޮޕޯސަލްއެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ޕްރޮޕޯސަލް ހުށައަޅާނީ  އީމެއިލް މެދުވެރިކޮށް މި އިދާރާގެ އީމެއިލް [email protected] އަށެވެ.

މަސައްކަތް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ގޮތް، މިފަދަ މަސައްކަތްތަށް ކުރުމުގެ ތަޖުރިބާ، މަސައްކަތް ކުރުމަށް ހުށައަޅާ އަގު އަދި މުއްދަތު ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ. އަދި މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުންތައް ޕްރޮޕޯސަލްއާއި އެކު ހުށައަޅަންވާނެއެވެ.

 

އިތުރު މައުލޫމާތު: މި މަސައްކަތާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ.

13 ޖުލައި 2021