ޢާންމު މަޢުލޫމާތު
ނަންބަރު: IAS/MIS/2021-973
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 20:09
ސުންގަޑި: 25 ޖުލައި 2021 13:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީޕްލޭން ޓަރމިނަލްގައި ކެފޭއެއް ހިންގުމާއިއެކު ހުވަނދުމާ ލައުންޖަށް ކޭޓެރިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ ފަރާތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހިންގާ ސީޕްލޭން ޓާރމިނަލް މެއިން އޭރިޔާގައި ކެފޭއެއް ހިންގުމާއިއެކު ހުވަނދުމާ ލައުންޖަށް ކޭޓެރިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 06 ޖޫން 2021 ވަނަ ދުވަހު ކުރެވުނު ނަންބަރު  IAS/MIS/2021-774  ވަނަ އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދެއްގެ ބިޑް ހުށަހަޅާފައި ނުވާތީ، އިސްވެ ބަޔާން ކުރެވުނު އިއުލާން ބާތިލުކޮށް އަލުން ބިޑަށް ހުޅުވާލި ވާހަކަ ބަޔާން ކުރަމެވެ. 

މި ކުންފުނީގެ ފަރާތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހިންގާ ސީޕްލޭން ޓާރމިނަލް މެއިން އޭރިޔާގައި ކެފޭއެއް ހިންގުމާއިއެކު ހުވަނދުމާ ލައުންޖަށް ކޭޓެރިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ކުންފުނީގެ އީމެއިލް [email protected]   ، [email protected] އަދި [email protected] އަށް މެއިލް ކުރައްވައިގެން ޝައުގުވެރިކަން ފާޅު ކުރެއްވުން އެދެމެވެ. ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ 25 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިންނެވެ.

ޝައުގުވެރިކަން ފާޅު ކުރައްވާ ފަރާތްތަކަށް ސައިޓް ވިޒިޓް ސެޝަން ހަމަޖެއްސުމަށްޓަކައި، މި ސެޝަން އަށް ވަޑައި ގަންނަވާ ބޭފުޅުންގެ އައިޑީ ކާޑު ކޮޕީ މެއިލް އާއި އެކު ފޮނުއްވައި ދިނުން އެދެމެވެ.

އިސްވެ ދެންނެވުނު ސުންގަޑީގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ޝައުގުވެރިކަން ފާޅު ނުކުރައްވާ ފަރާތްތަކަށް މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް އެދޭ ބޭފުޅުން، އިސްވެ ދެންނެވުނު އީމެއިލް އެޑްރެސްއަށް އީމެއިލް ފޮނުއްވައިގެން، ނުވަތަ މި ކުންފުނީގެ ނަންބަރު 3331230، 3024763 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 

13 ޖުލައި 2021