ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)471-CDS3/1/2021/132
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 17:50
ސުންގަޑި: 03 އޮގަސްޓް 2021 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީގެބެލުމުގެ ދަށުގައިވާ ހުޅުމާލެ 704 ފްލެޓް ފޮޅާސާފުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

1. މިމިނިސްޓްރީގެބެލުމުގެ ދަށުގައިވާ ހުޅުމާލެ 704 ފްލެޓް ފޮޅާސާފުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 28 ޖުލައި 2021 ބުދަދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. އަދި އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  02 އޮގަސްޓް 2021ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 03އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

13 ޖުލައި 2021