ދިވެހިރާއްޖެ
ނަންބަރު:A/IUL/344/2021/22
އިޢުލާން
އއ. ފެރިދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުއާއި ގުޅޭ:
އއ. ފެރިދޫ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތްތައް ކުރުމަށް މިހާރު ފެށިފައިވާއިރު، މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަނާއި، ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެއެވެ.
އިސްވެ ދެންނެވުނު އެޕްލިކޭޝަން ފޯމް ހުށަހެޅުމުގައާއި، ބަލައިގަތުމުގައާއި، ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައި ޢަމަލް ކުރާނީ، މިހާރު ޢަމަލު ކުރެވެމުންދާ ޤަވާއިދު ނަމްބަރު: 2020/R-10 ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
ވީމާ، މި ޤަވާޢިދާއި އެއްގޮތަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު 2021 ޖުލައި 13 ވާ އަންގާރަ ދުވަހުން ފެށިގެން 2021 ސެޕްޓެމްބަރ 12 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ އެންމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
03 ޛުލްޙިއްޖާ 1442