މަސައްކަތް
ނަންބަރު: GS121/IUL/2021/14
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 17:22
ސުންގަޑި: 01 އޮގަސްޓް 2021 13:00
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާއިބެހޭ

  1. 1.      ފުރާޅުން ވާރޭވެހޭ ތަންތަން މަރާމާތުކުރުން.
  2. 2.      ލީޑީންގ ޓީޗަރުންގެ ވޯކިން ސްޓޭޝަން ހެދުން.
  3. 3.      ކުލާސްރޫމްތަކުގެ އިތުރުފަންކާ އެޅުވުމާއި ހަލާކުވެފައިހުރި ފަންކާތަކާއި ލައިޓްތައް ބަދަލުކުރުން
  4. 4.      ގޭޓުގެ ލައިޓް ބަދަލުކުރުން (6 ލައިޓް) އަދި ނޯޓިސް ބޯޑުގެ ސުއިޗް ވޯޓަރ ޕްރޫފް ސްއިޗަކަށް ބަދަލުކުރުން
  •   2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މާރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު  ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  • ·       މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖުލައި 13 ން 2021 ޖުލައި 28 ށް ބަންދުނޫން ދުވަސްތަކުގެ  10:00 އިން 13:00 އަށް ރަސްގެތީމު ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު  ދިނުމުގެ ބައްދަލުވުން އޮންނާނީ  29 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި  ރަސްގެތީމު ސްކޫލް ގައެވެ.
  • ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 01 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ރަސްގެތީމު ސްކޫލް ގައެވެ.
  • މި ބީލަމާއި ގުޅޭ ބީލަން ފޮތް ނަންނޯޓްކުރާ ފަރާތްތަކަށް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރަސްގެތީމު ސްކޫލް

ކޮއިމަލާ މަގު، ރަސްގެތީމު، ދިވެހިރާއްޖެ.

ފޯން:   6580361 އަދި 6580405

އީ-މެއިލް:[email protected]

13 ޖުލައި 2021