ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2021/147
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 15 ޖުލައި 2021 12:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

           ފުވައްމުލަކު ދިގުވާނޑު މަނާލް ގޯއްޗާއި ލަކުޑި ގޯއްޗާއި އިންވެގެން އޮތް '15 ފޫޓުގެ ގޯޅިމަގުގައި ހުރި ތިރީގައި މި ދަންނަވާ ރުއްގަސްތަކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

  • 1-5 ނަންބަރު ޖަހާފައިވާ ފޯދުނު ދިވެހި ރުއް
  • 10 ނުފޯދޭ ފެންފޯއްރުއް
  • 7 ފަތްކެޔޮގަސް

            ވީމާ، މި ރުއްގަސްތަކުގެ ވެރިފަރާތެއްވާނަމަ 2021 ޖުލައި 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެކުރިން ކުރިން މި ކައުންސިލުގެ ދަފްތަރުގައި މި ރުއްގަސްތައް ރަޖިސްޓްރީ ކުރެވިފައި ނުވަތަ މިލްކުވެރިކަން ސާބިތުކޮށްފައިވާނަމަ އެކަން އެގޭނެ ލިއުމާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

13 ޖުލައި 2021