ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)408-ESMS/408/2021/34
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 15 ޖުލައި 2021 00:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ބެހެއްޓިފައިހުރި ޖަންގްޝަންތައް ނެގުމާގުޅޭ

                 ނަރުދާމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތާއި ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތާ ގުޅިގެން ރަށުގެ މަގުތައް ކޮންނަމުންދާއިރު ބައެއް މަގުތަކުގައި ބެހެއްޓިފައިވާ ފާޚާނާ ޖަންގުޝަންތަކަށް ގެއްލުންވެދާނެތީ، އެއްވެސް ފަރާތަކުން މަގުގައި ޖަންގްޝަނެއް ބަހައްޓާފައި ހުރިނަމަ، އެ ޖަންގްޝަނެއް ނެގުމަށް ދަންނަވަމެވެ. މީގެ އިތުރުންވެސް މަގު ކޮނުމުގެ މަސައްކަތް ކުރިއަށްދާއިރު، ބައެއް މަގުތަކުގެ ދެފަރާތުގައި އިންދާފައިވާ ގަސްތަކަށް ގެއްލުން ލިބުމަކީވެސް އެކަށީގެންވާކަމެކެވެ.

                 ވީމާ، މަގުގައި ބެހެއްޓިފައިވާ ޖަންގްޝަންތަކާއި މަގު ކޮނުމުގެ މަސައްކަށް އުދަނގޫވެދާނެ ގޮތަށް ހުރި ގަސްތައް 15 އޮގަސްޓް 2021 ގެ ކުރިން ނެންގެވުމަށް ދަންނަވަމެވެ. އަދި ރަށުގައި ކުރިއަށްދާ މިފަދަ މަސައްކަތްތަކައް ބުރޫއަރާ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް ކައުންސިލުން އިލްތިމާސް ކުރަމެވެ.

                 މިފަދަ މަޝްރޫޢުތައް ކުރިއަށްދާއިރު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަމެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ ޢިއުލާން ކުރީމެވެ.

12 ޖުލައި 2021