ޢާންމު މަޢުލޫމާތު
ނަންބަރު: (ILU)365/CA/2021/35
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 22:15
ސުންގަޑި: 05 އޮގަސްޓް 2021 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މުލީ ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނައުން

އިޢުލާން

މުލަކަތޮޅު މުލީ ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނައުން

            މުލަކަތޮޅު މުލީގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނައުމަށް ވަނީ ބޭނުންވެފައެވެ.

            ވީމާ، މ. މުލީ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް އަލުން ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2021 ޖުލައި 12 ވާ ހޯމަ ދުވަހުންފެށިގެން 2021 އޯގަސްޓް 05 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަންސީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

              ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 2021 އޯގަސްޓް 11 ވަނަ ދުވަހުގެ 13:00 ގައި ޒޫމްމެދުވެރިކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުން ކުރިއަށް ގެންދެވޭނެއެވެ. އަދި ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލްވުމުގެ ލިންކް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 އޯގަސްޓް 24 ވަނަ ދުވަހުގެ 13:00  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           

މާރކްސް ދެވޭ ކްރައިޓީރިއާ

މާކްސްދެވޭ މިންގަނޑު

ތަފްޞީލް

ފޯރމިއުލަރ

އަގު

75%

- އަގަށް ދެވޭ މާރކްސް

- އަގަށް ދެވޭ މާރކްސް ދެވޭނީ ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންޑް ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocarted  percentage

މުއްދަތު

15%

- މުއްދަތަށް ދެވޭ މާރކްސް

- މާރކްސް ދެވޭނީ ޖުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

- މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/submitted price x Allocarted percentage

ތަޖުރިބާ

10%

- މަސައްކަތުގެ ތަޖުރިބާއަށް މާރކްސް ދެވޭނީ ވޭތުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މިބާވަތުގެ މަސައްކަތެއް ކޮށްނިންމިކަން ކަށަވަރުކޮށްދޭކަމަށް މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ ލިޔުންތަކަށް ބެލުމަށްފަހުގައި ( ކުންފުންޏެއްނަމަ ލެޓަރހެޑްގައި ސްޓޭމްޕްޖަހާފައިވާ ލިޔުމެއް، އަދި އަމިއްލަ ފަރާތެއްނަމަ އައިޑީކާޑް ނަންބަރާއި ފޯން ނަންބަރ ހިމެނޭގޮތަށް ސޮއިކުރެވިފައިވާ ސިޓީއެއް )

 

            ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

            މިހެންވެ މިކަންއެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

12 ޖުލައި 2021