ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-MAP/30/2021/138
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 15 ޖުލައި 2021 12:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ އޮފީސް ހިންގުމަށް ތަނެއް ކުއްޔަށް ހޯދުމާއި ގުޅޭ

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށްދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)] ގެ އޮފީސް ހިންގުމަށް މާލެއިން 800 އަކަފޫޓަށްވުރެ ކުޑަނޫން ތަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން، 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބީލަމުގެ ނަން/އިޢުލާން ނަންބަރު، ބީލަން ހުށަހަޅާ ކުންފުނި/އަމިއްލަ ފަރުދެއްނަމަ ނަން، އަދި ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް  [email protected] އަށް އީމެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުމަށްފަހު މަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއް ވާނަމަ 01 އޮގަސްޓު 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަތީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 04 އޮގަސްޓު 2021 ވާ ބުދަ ދުވަހުގެ ހެދުނު 11:00 ގައި، މި މިނިސްޓްރީ (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ)ގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.

މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ރަޖިސްޓަރީ ކުރައްވާ ބޭފުޅުންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

12 ޖުލައި 2021