ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-01/GS-01/2020/15
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 28 ޖުލައި 2021 12:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ބަގީޗާ ގަސްތައް ބެލެހެއްޓުމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުސަތު

ތާރީޙް: 12 ޖުލައި 2021                                                           ނަންބަރ:IUL/GS01/GS01/2021/15

މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ބަގީޗާ ގަސްތައް ބެލެހެއްޓުމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް: ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު: 2 (ދޭއް)

މަސައްކަތް ހަމަޖެހިފައިވާ ތަން: ބ.އަތޮޅު ތަޢުލީމީ މަރުކަޒު

މުސާރަ: މަސައްކަތަށް ނުކުންނަ ކޮންމެ ޑިއުޓީއަކަށް 200 ރުފިޔާ

މުއްދަތު: 5 މަސް

ވަޒީފާގެ ގިންތި: ވޭޖް އުސޫލުން

ފެންވަރު ނުވަތަ ޝަރުތު:

  1. އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުން.
  2. އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދު ފުރިހަމަ ސިއްހަތެއް ހުރި މީހެއް ކަމުގައިވުން.
  3. މަސައްކަތުގައި ހީވާގިކަމާއެކު ހަރަކާތްތެރިވެ އުޅޭނެ މީހެއް ކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ވަޒީފާގެ މަސްއޫލިއްޔަތު:

  1. ސްކޫލް ބަންދު ދުވަސްތަކާއި ސެޝަން ނޯންނަ ވަގުތުތަކުގައި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. ސްކޫލްގެ ބަގީޗާ ގަސްތައް ކޮށައި ބެލެހެއްޓުމާއި ގަސް އިންދާ ހެއްދުމާއި ގަސްތަކަށް ޤަވައިދުން ފެންޖެހުން.
  3. ސްކޫލް ގޯތިތެރެއަށާއި ވަށައިގެންވާ މަގުތަކަށް ފެންޖެހުން.
  4. ސްކޫލްގައި ހިންގާ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  5. ސްކޫލްގެ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދިލައްވާ ފަރާތުގެ ސިޓީއެއް

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 28 ޖުލައި 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 29 ޖުލައި 2021 ބ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6608332 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6608043 އެވެ. އީ-މެއިލް ކުރާނީ [email protected]  ނުވަތަ [email protected] އަށެވެ.

12 ޖުލައި 2021