ދިވެހިރާއްޖެ
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ، ދިވެހިރާއްޖެ ނަމްބަރ: GS123/IUL/2021/08
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލުގެ މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- ދެ ކްލާސްރޫމުބްލޮކުގެ ކޮޅު އަސްކެނި މަރާމާތު ކުރުން
- ފައުންޑޭޝަން ޕްލޭ އޭރިއާގައި ފެންސް ޖެހުމާއި، އިކްއިޕްމަންޓްސް މަރާމާތުކުރުން
މިމަސައްކަތް ތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު ތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 13 ޖުލައި 2021 އިން 4 އޯގަސްޓް2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 12:00 އަށް މިސްކޫލުގެ އިދާރާގައި ނަންނޯޓު ކުރެއްވުން އެދެމެވެ.
- މި މަސައްކަތްތަކާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 5 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.
- މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 8 އޯގަސްޓް 2021 ވާ އާދީއްތަ 10:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 10 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިސްކޫލުގެ އިދާރާގައެވެ.
- މި މަސައްކަތްތަކާއި ގުޅޭ ބީލަންފޮތް މަޢުލޫމާތު ދިނުމުގެ ސެޝަނަށްފަހު ސްކޫލުން ދޫކުރާނެއެވެ.
- ނަންނޯޓު ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
އިދާރީ އޮފީސް
އިންނަމާދޫ ސްކޫލް / ރ. އިންނަމާދޫ
ފޯނު ނަމްބަރ: 6580359/7835011
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
02 ޛުލްޙިއްޖާ 1442
12 ޖުލައި 2021