ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2021/149
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 12:37
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެހެލެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭ ތަމްރީނާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެހެލެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭ ތަމްރީނާ ގުޅޭ

 ގަވާއިދު ނަންބަރު 2021/R-16 (ދިވެހިރާއްޖޭގައި ބިދޭސީންވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ 8 ވަނަ މާއްދައިގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތަކުން ޢައްޔަންކުރާ، އެ ފަރާތެއްގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުޢާމަލާތްކުރާނެ "ރެޕްރެޒެންޓޭޓިވް" ފުރިހަމަ ކުރާންޖެހޭނެކަމަށް، އެގަވާއިދުގެ  ޖަދުވަލު 1 "ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ ސިސްޓަމުގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގެ އުސޫލު"ގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ތަމްރީން "ސެޓްފިކެޓް އިން އެމްޕްލޯއިމެންޓް އިންޓަރމީޑިއަރީސް ކޯސް" ފުރިހަމަކޮށް ސަނަދު ހޯދުމުގެ ފުރުސަތު، މި މިނިސްޓްރީއާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ވަނީ ހުޅުވާލާފައެވެ. "އެކްސްޕެޓް އޮންލައިން ސިސްޓަމް" ގައި ރަޖިސްޓްރީވެ ސިސްޓަމް މެދުވެރިކޮށް ޚިދުމަތްތަކަށް އެދޭ ރިޕްރެޒެންޓޭޓިވްސްގެ ތެރެއިން 10 ބިދޭސީންނަށްވުރެ ގިނަ ބެދޭސީންގެ ކަންތައްތައް ބަލަހައްޓާ ހުރިހާ ރިޕްރެޒެންޓޭޓިވްސްއަށް،  2022 ޖަނަވަރީ 01ވަނަ ދުވަހުން ފެށިގެން "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ޚިދުމަތް ދެވޭނީ މަތީގައި ބަޔާންކުރެވިފައިވާ ކޯސް ފުރިހަމަކޮށް، ސަނަދު ލިބުމުން ކަމުގައި ދެންނެވީމެވެ.

ވީމާ، ރިޕްރެޒެންޓޭޓިވސްގެ ގޮތުގައި ހަރަކާތްތެރިވާ، މަތީގައި ބަޔާންކޮށްފައިވާ ގިންތިއަށް ފެތޭ ހުރިހާ ފަރާތްތަކުން  ކޯހުގައި ބައިވެރިވެ ސަނަދު ހޯދުމަށް ދަންނަވައި އެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

މި ކޯހުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން https://www.gazette.gov.mv/iulaan/view/156279 ން ކޯހުގައި ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތު ލިބޭނެކަމުގައި ދެންނެވީމެވެ.

މިއިޢުލާނާ ގުޅިގެން މި މިނިސްޓްރީގެ ނަންބަރު: (IUL)101-ER/1/2021/146 (08 ޖުލައި 2021)ގެ އިޢުލާންގައި، މަތީގައި ބަޔާންކޮށްފައިވާ ކޯހުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން، ކޯހުގައި ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތު ލިބޭނެކަމުގައި ބަޔާންކޮށްފައިވާ ލިންކް ބަދަލުވެފައިވާތީ، އެ އިޢުލާން ބާތިލްކުރެވިފައިވާ ވާހަކަދެންނެވީމެވެ.

12 ޖުލައި 2021