ދިވެހިރާއްޖެ
މި އޮތޯރިޓީއަށް ތިރީގައިމިވާ އައިޓަމް ގަންނަން ބޭނުންވެއެވެ.
ބާވަތް: APC Smart-UPS
ޢަދަދު: 1 (އެކެއް)
މި އައިޓަމް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގެ އުޞޫލާއި ސްޕެސިފިކޭޝަން ތާވަލާއި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް އެޓޭޗްމަންޓްގައި އެވަނީއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ. އަންދާސީ ހިސާބުތައް ބަލައިގަތުން ކުރިއަށްދާނީ 01 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހު ހެދުނު 10:45 އިން ފެށިގެންނެވެ.
އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 28 ޖުލައި 2021 ވަނަ ދުވަހު 12:00 ގެ ކުރިން [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި ސުވާލުތަކަށް ދެވޭ މަޢުލޫމާތު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.
އަންދާސީ ހިސާބުހުށަހަޅުއްވާނީ ތިރީގައިމިވާ އެޑްރެހަށެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
3 ވަނަ ފަންގިފިލާ، ހ. އޯކިޑް،
އަމީރު އަޙްމަދު މަގު، މާލެ
ފޯނު: 3336619
1 ޛުލްޙިއްޖާ 1442
11 ޖުލައި 2021