ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)236-AHI/236/2021/10
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 29 ޖުލައި 2021 13:30
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި (ދާއިމީ)

މަޤާމު:

ފަޅުވެރި

މަޤާމުގެ ނަންބަރު:

J-223006

ބޭނުންވާ އަދަދު:

1 އެކެއް

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓްސް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، މުލަކަތޮޅު މުލި

މުސާރަ:

3,470.00 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

 1,000.00ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 1: މަހަކު 1،200.00 ރުފިޔާ
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅުކައުންސިލްގެ އިދާރާގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް، (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ފަޅުވެރިޔަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބު ދާރީވުން.
  1. އަތޮޅުކައުންސިލް އިދާރާގެ އުޅަނދުފަހަރު ލަފާފުރާއިރު ނަގިލިލުމާއި ނަގިލިނެގުމާއި، ދަތުރުކުރާއިރުގައާއި، ތަންތަނަށްކައިރިކުރާއިރުގައާއި، ފަޅުގައި އޮންނައިރު، އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ނެވި އަންގާ ގޮތެއްގެމަތިން ކުރުން.
  2. ލޯންޗުގެ އިންޖީނާއި، ލޯންޗު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  3. ލޯންޗް ފަޅުގައި އޮންނައިރު ލޯންޗުގެ ދިޔަހިއްކުމާއި ބެލެހެއްޓުން.
  4. އަތޮޅު ލޯންޗުގައި އަތޮޅު ކައުންސިލް އިދާރާއިން ކުރާ ދަތުރު ތަކުގައި ފުރަންއަންގާ ގަޑިއަށް ފުރޭގޮތަށް ބޯފެނާއި ދަތުރަށް ބޭނުންވާ ތެލާއި ދަތުރަށް ކޮންމެހެން ބޭނުންވާ އެހެނިހެން ތަކެތި ނެވި އަންގާގޮތެއްގެމަތީން ހޯދުން.

 

  1. ދަތުރުތައް ކުރަމުންދާއިރު ޑްރައިވަރު އަންގާ ގޮތެއްގެމަތީން އުޅނދުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

  1. ދަތުރުތަކުގައި މަޑުކުރާ ރަށްރަށުގައި ލޯންޗު ރަނގަޅަށް ބެލެހެއްޓުމާއި އަދި ލޯންޗު މަޑުކުރާ ރަށްރަށުގައި ފަޅުގައި ލޯންޗު އޮންނައިރު މަދުވެގެން އެކަކު ލޯންޗުގައިނެތި ހުރިހާމީހުން ލޯންޗުން ފައިބައިގެން ނުދިއުން. 

 

  1. ލޯންޗު ފަޅުގައި އަޅާފައި އޮންނައިރު ދިޔަހިއްކޭތޯ ބެލުމާއި ވާވެލާވެލިހުރީ ރަނގަޅަށްތޯ މަދުވެގެން ދުވާލަކު އެއްފަހަރު ބަލައި ގޯސްކޮށްހުރިނަމަ އެކަމެއް ރަނގަޅުކުރުން.

 

  1. ލޯންޗުގައި ކުރެވޭ ދަތުރުތައް ކުރެވެމުންދާގޮތް ދަތުރު ލޮގު ފޮތުގައި ޤަވާޢިދުން ލިޔެ ބެލެހެއްޓުން.

 

  1. އަތޮޅު ލޯންޗުގައި ފެހިކެހުމާއި ފަޅުގައި އަޅާފައި އޮންނައިރުގައާއި ދަތުރުތައް ނިންމުމަށްފަހު އެނބުރި ރަށަށްއައިސް ލޯންޗު ރަނގަޅަށް ސާފުކޮށް ހަޑިނުވެ އޮންނާނޭހެން ޤަވާޢިދުން މަސައްކަތް ކުރަމުން ގެންދިއުން. 

 

  1. އަތޮޅު ލޯންޗު އެހެލާ ބޭލުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އަތޮޅު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތީން ކުރުން.
  2. ކައުންސިލަށްދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން.

ނުވަތަ

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ހާޞިލުކޮއްފައިވުން.
  • ސްކްރީނިން މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ
  • ލިޔަން ކިޔަން އެގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ
  • ގްރޭޑް 05 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަސައްކަތުގެ ދާއިރާ

  1. ޓްރާންސްޕޯޓޭޝަން ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

  • އަސާސީ ޝަރުޠު ހަމަވުން 50 ޕޮއިންޓް
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5 ޕޮއިންޓް އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 5 ޕޮއިންޓް
  • އިންޓަރވިއު 40 ޕޮއިންޓް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖުލައި 29 ވާ ބުރާސްފަތި ދުވަހުގެ ގެ 13:30 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (2021 އޯގަސްޓް 01 ވާ އާދީއްތަ ދުވަހާއި 2021 އޯގަސްޓް 05 ވާ ބުރާސްފަތި ދުވަހާއި ދެމެދު،  މި އިދާރާގެ ޖަސާކުރާ މާލަމު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6720600) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

01 ޛުލްޙިއްޖާ 1442

11 ޖުލައި 2021