ދިވެހިރާއްޖެ
ނަންބަރު: 2021/64/ 1/ 202(Iul)
އިޢުލާން
މެރިޓައިމް ލޭބަރ ކޮންވެންޝަން 2006 އާއި އެއްގޮތަށް ބޯޓު ދަތުރުކުރާ ފަރާތްތަކަށް މެޑިކަލް އެގްޒެމިނޭޝަން ހަދައިދޭ މެޑިކަލް އިންސްޓިއުޝަންތަކަށް ހުއްދަ ދިނުމާއިބެހޭ
އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ މުއާހަދާއެއްކަމަށްވާ "އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސްޓޭޏްޑަރޑް އޮފް ޓްރޭނިންގ ސެޓްފިކޭޝަން އެންޑް ވޮޗްކީޕިންގ ފޯ ސީފެއަރަރޒް (އެސް.ޓީ.ސީ.ޑަބްލިއު)" 1978 އާއި، މި މުއާހަދާއާއި ގުޅޭ އިސްލާހުތަކުގައި ބަޔާންކޮށްފައިވަނީ ބޯޓު ދަތުރުކުރުމަށް ދާ ފަރާތްތަކަށް ގައުމުތަކުން މެޑިކަލް ސެޓްފިކެޓެއް ދޫކުރަން ވާނެކަމަށާއި އަދި މި މެޑިކަލް ސެޓްފިކެޓް ވާންވާނީ އެސް.ޓީ.ސީ.ޑަބްލިއު މުއާހަދާގެ ރެގިއުލޭޝަންގެ I/9 އަދި މި މުއާހަދާގެ ކޯޑުގެ ސެކްޝަން A-I/9 ގައި ބަޔާންކޮށްފައިވާ އުސޫލާއި އަދި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ މެރިޓައިމް ލޭބަރ ކޮންވެންޝަން 2006 ގައި ބަޔާންކޮށްފައިވާ ގޮތަށް މެޑިކަލް ސެޓްފިކެޓް ހަދައިދޭ މެޑިކަލް ޕްރެކްޓިޝަނާޒް އާއި މެޑިކަލް ފެސިލިޓީތަކުން ދޫކުރާ ސެޓްފިކެޓެއްކަމަށެވެ.
އެހެންކަމުން މި އުސޫލުތަކާއި އެއްގޮތަށް މެޑިކަލް ޕްރެކްޓިޝަނަރުންނާއި މެޑިކަލް ފެސިލިޓީތަކަށް ހުއްދަ ދިނުމަށްޓަކައި މި އޮތޯރިޓީން މިދަނީ މަސައްކަތް ކުރަމުންނެވެ. މި މުއާހަދާތަކާއި ކޯޑުތަކުގައި ވާގޮތަށް ބޯޓު ދަތުރުކުރަން ދާ ފަރާތްތަކަށް ދޫކުރާ މެޑިކަލް ސެޓްފިކެޓް ހަދައިދޭ ތަންތަނުގައި މަސައްކަތް ކުރާ މެޑިކަލް ޕްރެކްޓިޝަރުންނަށް އަމާޒުކޮށްގެން އެ އެފަރާތްތައް މެރިޓައިމް ލޭބަރ ކޮންވެންޝަންގައި ބަޔާންކޮށްފައިވާ މެޑިކަލް ގައިޑުލައިންއަށް އަހުލުވެރި ކުރުމަށް އެވެއަރނެސް ޕްރޮގްރާމެއް ހިންގުމަށްވެސް މިގެންދަނީ މަސައްކަތްކުރަމުންނެވެ.
ވީމާ، ބޯޓުދަތުރުކުރާ ފަރާތްތަކަށް މެޑިކަލް ސެޓްފިކެޓް ދޫކުރުމަށް ހުއްދަ ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އޮތޯރިޓީން އެކުލަވާލާފައިވާ ގައިޑުލައިންއާއި އެއްގަތަށް ހުއްދަ ހޯދުމަށް [email protected] އަށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި މި އޮތޯރިޓީން އެކުލަވާލާފައިވާ މެޑިކަލް ޕްރެކްޓިޝަނާޒް އަދި މެޑިކަލް ފެސިލިޓީތައް ޗެކްކުރުމަށް އެކުލަވާލާފައިވާ ޗެކްލިސްޓް މި އޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
01 ޛުލްހިއްޖާ 1442
11 ޖުލައި 2021