ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2021/34
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 03 އޮގަސްޓް 2021 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އޮކްޓޯބަރ ، ނޮވެންބަރު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައިޖީސީއެސްއީ އިމްތިޙާނުގެ (އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް މާއްދާ ގެ) އެޕްލިކޭޝަން ދޫކުރުން:

 

 

                                                                  ނަންބަރ: 120/1/2021/34 (IUL)

އިޢުލާން

 

2021 ވަނަ އަހަރުގެ އޮކްޓޯބަރ ، ނޮވެންބަރު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައިޖީސީއެސްއީ އިމްތިޙާނުގެ (އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް މާއްދާ ގެ) އެޕްލިކޭޝަން ދޫކުރުން: 

2021 ވަނަ އަހަރުގެ އޮކްޓޯބަރ ، ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައިޖީސީއެސްއީ އިމްތިޙާނުގެ އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް މާއްދާ ގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2021 ޖުލައި 12 އިން 2021 އޮގަސްޓް 03 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ/ މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ.

 ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.  

 

01 ޛުލްޙިއްޖާ 1442

11 ޖުލައި   2021

11 ޖުލައި 2021