ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)25-A/25/2021/43
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 18:30
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީ ހިނގަމުންދާ ޢިމާރާތް ބަދަލުވުން

އިޢުލާން

 

މިނިސްޓްރީ ހިނގަމުންދާ ޢިމާރާތް ބަދަލުވުން

މި މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށް ނިމިފައިވާތީ 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުން ފެށިގެން މި މިނިސްޓްރީގެ މަސައްކަތްތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ހިންގަމުންގެންދިޔަ ކުރީގެ އެމް.ޓީ.ސީ.ސީގެ ސޯމިލް ރިލޮކޭޝަން ބިލްޑިންގ އިން، އަލަށް މަރާމާތުކުރެވިފައިވާ މި މިނިސްޓްރީގެ ޢިމާރާތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ވާހާކަ ދަންނަވަމެވެ. އަދި މިނިސްޓްރީގެ މަސަތްކަތްތައް ރަސްމީކޮށް އަލަށް މަރާމާތުކުރެވުނު މިނިސްޓްރީގެ އިމާރާތުގައި ފެށުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ދަންނަވަމެވެ. މި މިނިސްޓްރީން ދެމުން ގެންދާ ޙިދުމަތްތައް އެމް.ޓީ.ސީ.ސީގެ ސޯމިލް ރިލޮކޭޝަން ބިލްޑިންގ އިން މިނިސްޓްރީގެ އިމާރާތަށް ބަދަލުކުރެވެމުންދާ ދުވަސްވަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.

 

            އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

 

‏‏            01‏ ޛުލްޙިއްޖާ‏ 1442

            ‏10‏ ޖުލައި‏ 2021

 

 

 

 

                  

10 ޖުލައި 2021