ދެންނެވުން
ނަންބަރު: (IUL)425-B6/1/2021/ 109
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 23:49
ސުންގަޑި: 18 ޖުލައި 2021 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީގައި އަގުދީގެން ޕާރކްކުރުމާއި ގުޅޭ.

އިޢުލާން

މާލެ ސިޓީގައި އަގުދީގެން ޕާރކްކުރުމާއި ގުޅޭ.

 

       މާލެ ސިޓީގެ ބައެއް މަގުތަކާއި ގޯޅިތަކާއި އަދި ބައެއް ސަރަހައްދުތަކުގައި ހަދާފައި ހުރި ޕާރކިންގ ޒޯންތަކުން އަގުނަގައިގެން ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާރކްކުރުމަށް ޖާގަ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ޖާގަ ދޫކުރެވޭނީ 350 ކިލޯގެ ޕިކަޕް، ކާރު، ވޭން އަށް 211 ޖާގައެވެ. އަދި ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި ޖާގައިގެ އަދަދު ތިރީގައި ބަޔަންކުރެވިފައި އެވަނީއެވެ.

ސަރަހައްދު

އަދަދު

މއ. ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު)

44

މއ. ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު)

21

މއ. ކުރެދިގޯޅި

10

މއ. ހުދުފަޅުހިނގުން

8

މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި

20

މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި)

10

ޞަލާޙުއްދީން ޕާރކިންގ

10

ހ. އާޓިފިޝަލް ބީޗް ޕާރކިންގ (ޗައިނާ އެމްބަސީ ކުރިމަތީގައި) ހަމައެކަނި ޕްރައިވެޓް ކާރު ތަކަށް

24

ހ. އަލިމަސް ކާނިވާ ސަރަހައްދުގައި

6

ހ. ސަލްމާން މިސްކިތު ސަރަހައްދުގައި

58

 

     މަތީގައި ދެންނެވިފައިވާ ޒޯންތަކަށް އެދިލައްވާ ފަރާތްތަކުން 08 ޖުލައި 2021 ން ފެށިގެން 18 ޖުލައި 2021 ގެ 14:00 ގެ ކުރިން މާލޭ ސިޓީކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއިއެކު، އައިޑީކާޑުގެ ކޮޕީ، ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިޕާކިން ޒޯންގެ ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތު ލައިގެން ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 ޖުލައި 2021