ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-C/327/2021/1058
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 23:09
ސުންގަޑި: 15 ޖުލައި 2021 12:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލް އިދާރާއަށް ހިޔުމަން ރިސޯސް މެނޭޖްމަންޓް (އެޗް.އާރ.އެމް) ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ނައިފަރު ކައުންސިލް އިދާރާއަށް ހިޔުމަން ރިސޯސް މެނޭޖްމަންޓް (އެޗް.އާރ.އެމް) ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ބިޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބިޑް ގައި ބައިވެރިވުމާއި ދައްކަންޖެހޭ ފީ

މި ބިޑްގައި ބައިވެރިވުމަށްޓަކައި 09 ޖުލައި 2021 އިން ފެށިގެން 15 ޖުލައި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ނައިފަރު ކައުންސިލްގެ އެކައުންޓް (1370 ރެވެނިއު 1) ނަންބަރ 7705700335001 އަށް -/100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ދައްކާ، 7988627 އަށް ސްލިޕްކޮޅި ވައިބަރ އިން ފޮނުވަން ވާނެއެވެ. ސްލިޕްކޮޅު ވައިބަރ އިން ފޮނުވާއިރު ބިޑްގައި ރެޖިސްޓްރީ ކުރާނެ ފަރާތުގެ މަޢުލޫމާތު ހިއްސާކުރަންވާނެއެވެ.

 

ބިޑާއި ގުޅޭ މަޢުލޫމާތު ދިނުން

މި ބިޑާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 15 ޖުލައި 2021 ވަނަ ދުވަހުގެ 11:30 ގެ ކުރިން 9991199 / 6620127 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރައްވަމުން ގެންދެވުން އެދެމެވެ.

 

ބިޑް އޯޕަން މީޓިންގް

ބިޑް ހުށަހެޅުމުގެ މީޓިންގ އޮންނާނީ 15 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

08 ޖުލައި 2021