ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)296-A/296/2021/41
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 22:05
ސުންގަޑި: 15 ޖުލައި 2021 14:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް: ކައުންސިލް އެސިސްޓެންޓް

 

       މަޤާމުގެ ނަންބަރު:    J-338319

       ބޭނުންވާ އަދަދު:   01                  

       މަޤާމުގެ ގިންތި:ދާއިމީ

       މަޤާމުގެ ރޭންކް:    SS1

        މަޤާމުގެ ކްލެސިފިކޭޝަން:ސަޕޯރޓް ސްޓާފް ގްރޭޑް1

 

     ވަޒީފާ އަދާކުރަން ޖެހޭ ތަން:މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ / މަސްޖިދުއް ނަޞްރު، ނ. ފޮއްދޫ

      މުސާރަ:  3,100.00ރުފިޔާ (މަހަކު)

       ސަރވިސް އެލެވަންސް:   1000.00ރުފިޔާ  

      އެހެނިހެން އެލަވަންސް:    

  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ސަޕޯޓިންގ ކޯ އެލަވަންސް 1,200/-ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްޓަރީ ޖެނަރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝަދގެ ދަށުން ކުރުން.

2. ކައުންސިލް އިދާރާގެ މަސައްކަތާއި އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްޓްރީ ޖެނަރަލަށް ޖަވާބުދާރީވުން.

3.  ރަށު ކައުންސިލުން ކަނޑައަޅާ ތަވާލަކާ އެއްގޮތަށް މިސްކިތް ސާފު ކުރުމުގެ މަސައްކަތް ކުރުން.

4.  ކައުންސިލުން އިންތިޒާމު ކުރާ ގޮތެއްގެމަތީން މިސްކިތް ފޮޅާ ސާފު ކުރުމާއި ފާޚާނާ އިސްކުރުބަރި ކޮންމެ ނަމާދު ވަގުތަކަށް ސާފުކޮށް މިސްކިތް ތައްޔާރު ކުރުމާއި  މިސްކިތު ގޯތިތެރެއާއި  މިސްކިތާއި އިންވެގެން އޮންނަ މަގުތަކާއި ގޯޅި ކުނިކެހުމާއި، ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން.

5މިސްކިތު ވަޅު ދިޔަހިއްކާ ސާފުކުރުން.

6. މިސްކިތުގައި ހުންނަ  ކަބަޑު މިމްބަރު ފޮތް ހަރުގަނޑު ފަންކާ ފޮޅާ ސާފުކޮށް ބެލެހެއްޓުން

7. މިސްކިތައް ލިބޭ ގެއްލުންތައް އިމާމު/ މުދިމަށާއި ރަށުކައުންސިލަށް އަންގަމުން ގެންދިއުން.

8. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހި ކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެހީ ތެރިވުން.

9ކައުންސިލްއިން ކަނޑައަޅާ ގޮތެއްގެ މަތީން މިސްކިތު ގޯތިތެރޭގައި ބަގީޗާ ހެއްދުމާއި އެގަސްތަކަށް ފެންދިނުމާއި، ގަސްތައް ކޮށާ ހެއްދުމާއި، ގޯތިތެރޭގައި ހައްދާފައިވާ ވިނަގަނޑު ކޮށާ ބެލެހެއްޓުން.

  10. ކައުންސިލުން އަންގާ ގޮތެއްގެ މަތީން ކުދި މަރާމާތުތައް ( ދޮރުފަތުގެ ތަޅު ބަދަލު ކުރުން، ހޮޅި ބުރި ތަންމަތި ބަދަލް ކުރުން ، ސޮކެޓް ފަދަ ތަކެތި ހަލާކުވުމުން ބަދަލު ކުރުން ފަދަ ކަންކަން ) ކުރުން.

     މަޤާމުގެ ޝަރުޠުތައް:

         ލިޔަން ކިޔަން އެނގުން

        މަސައްކަތުގެ ދާއިރާތައް:

       ފޮޅާ ސާފުކުރުމުގެ ދާއިރާ

        ކްލެރިކަލް ސަޕޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ފޮއްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސަޓިފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ)މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމު، އަދި ވަޒީފާގެ މުއްދަތާއި،މަޤާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމު، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން (%50)
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމަށް (%5)
  •  އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާއަށް (5%)
  • އިންޓަވިއު              (%40)

މަޤާމަށް އައްޔަނު ކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކުރައިޓީރިއާ ހުރިހާ ބަޔަކުން ޖުމުލަ 70%އިން ފެށިގެން މަތީން ޕޮއިންޓް ލިބިފައި ވާނަމައެވެ.

މަޤާމަށް އެދެންވި ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށައަޅާ ލިޔުންތައް ހުށައަޅާނީ 2021 ޖުލައި 15ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިން ފޮއްދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމްތަކާއި ލިޔުންތައް މިއިދާރާގެ މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.  އަދި އިއުލާންގެ ސުންގަޑި ހަމަ ވުމުގެ ކުރީން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅުއްވައިފި ނަމަ، އެކަނޑައެޅުއްވި ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:                                                             

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.                     

އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި އޮންނާނީ 2021 އޯގަސްޓް 01 2021 އޯގަސްޓް 15 އާއި ދެމެދުއެވެ. އިންޓަރވިއު އޮންނާނީ ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2)ފޯމް) ޢާއްމު ކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 03ދުވަހުގެ ތެރޭގައު " ވަޒީފާއަށް ކުރުމަތި ލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ޝީޓް) ޢާއްމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯޑުގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގެ ޢާއްމު މައުލޫމާތު ބައިގައި ޢާއްމު ކުރެވޭނެއެވެ. ޕޮއިންޓް ދެވިފައިވާ ޝަކްވާއެއް އޮތްނަމަ،  A2 ޝީޓް ޢާއްމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 03ދުވަސް ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށައަޅަން ވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6560016ނަންބަރު ފޯނާއެވެ.އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސާރވިސް ވަޒީފާތައް މީހުން ހޮވުމުގައި އައްޔަނު ކުރުމުގެ މިންގަޑުތަކާއި އުޞޫލްތަކާއި އަދި އުޞޫލްތަކާއި ގުޅުން ހުރި އެންމެހައި ލިޔެކިއުންތައް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް ޑައުންލޯޑްގެ " އައްޔަނުކުރުމުގެ އުޞޫލާއި ގުޅޭ" (http://www.csc.gov.mv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

       

 

 

08 ޖުލައި 2021