ދިވެހިރާއްޖެ
މިއެސޯސިއޭޝަންގެ ހިންގާގަވާއިދުގައިވާ ގޮތުގެ މަތީން 2021 އޮގަސްޓު 28ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ނެޝަނަލް ސްކައުޓް އެސެމްބްލީގެ ބައްދަލުވުމުގައި ކުރިއަށް ގެންދިއުމަށް އެޖެންޑާ ކުރެވިފައިވާ ސްކައުޓް އެސޯސިއޭޝަންގެ އިންތިޚާބަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.
މިއިންތިޚާބާބެހޭ ތަފުސީލު ތިރީގައި އެވަނީއެވެ.
ނޭޝަނަލް ސްކައުޓް އެސެމްބްލީގައި މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތައް:
- ސްކައުޓް އެސޯސިއޭޝަންގެ ރައީސް
- ސްކައުޓް އެސޯސިއޭޝަންގެ ނައިބު ރައީސް
- ސްކައުޓް ލީޑަރުންގެ ތެރެއިން އިންތިޚާބުކުރާ 5 (ފަހެއް) މެންބަރުން
- ސްކައުޓް ޙަރަކާތުގެ ދާއިމީ މެންބަރުންގެ ތެރެއިން ސްކައުޓް އެސެންބްލީން އިންތިޚާބުކުރާ 2 (ދޭއް) މެންބަރުން
- ޤައުމީ ޚަޒާންދާރު
އިންތިޚާބަށް ކުރިމަތިލާނޭ ގޮތް
މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި އިޢުލާނާ އެކުގައިވާ ފޯމު ފުރިހަމަކޮށް ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ފޮނުއްވާ އީމެއިލްގައި، އެއީމެއިލްގައި އެޓޭޗްކޮށްފައިވާ ތަކެތީ ލިސްޓެއް ލިޔުއްވަން ވާނެއެވެ. އީމެއިލް ލިބުނުކަން ބަޔާންކުރާ އީމެއިލެއް އެސޯސިއޭޝަނުން ފޮނުވާނެއެވެ.
އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި
އިންތިޚާބަށް ކުރިމަތިލުމާއި ނަންހުށަހެޅުމުގެ އެންމެފަހު ވަގުތަކީ 2021 ޖުލައި 28ވާ ބުދަ ދުވަހުގެ 14:00 އެވެ. މިވަގުތުގެ ފަހުން ހުށަހަޅުއްވާ ފޯމުތަކާއި ލިޔެކިޔުން ބަލައެއް ނުގަނެވޭނެއެވެ. އަދި އެޕްލިކޭޝަން ފޯމުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ލިޔެކިޔުންތައް ހުށަނާޅާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އީމެއިލް މެދުވެރިކޮށް، ކަމަށްވާތީ، ކުރިމަތިލައްވާ ފަރާތްތަކުން، [email protected] އަށް އެޕްލިކޭޝަން ފޯމާއި އަދި ގުޅުންހުރި ލިޔުންތައް ފޮނުއްވުން އެދެމެވެ. މިއީމެއިލް ފިޔަވައި ސްކައުޓް އެސޯސިއޭޝަންގެ އެހެން އީމެއިލަކަށް ފޮނުވާ އެޕްލިކޭޝަން ބަލައިނުގަނެވޭނެއެވެ.
ކެނޑިޑެސީ އިޢުލާނުކުރުން
އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ކެނޑިޑެސީ ބަލައިގަނެ އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ، ކުރިމަތި ލުމުގެ ސުންގަނޑި ހަމަވުމުންނެވެ.
މިއިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޤަވާޢިދު ނަންބަރު SAM/AQ/02/2017 (ޤައުމީ ސްކައުޓް އެސެންބްލީން އިންތިޚާބުކުރާ މަޤާމުތަކާއި މަޤާމުތަކުގެ ޝަރުޠުތައް) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.