ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2021/39
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯޑްވާދިނަސް ސެންޓަރުތަކަށް ކައުންސިލުން ހުއްދަ ދިނުން

އިޢުލާން

ރޯޑްވާދިނަސް ސެންޓަރުތަކަށް ކައުންސިލުން ހުއްދަ ދިނުން

ރޯޑްވާދިނަސް ސެންޓަރުތަކުގެ ހުއްދަ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން 14ޖޫން 2021ން ފެށިގެން ދޭ ގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ހަމަޖައްސާފައިވެއެވެ.

މިގޮތުގެ މަތިން ރޯޑްވާދިނަސް ސެންޓަރުތަކަށް ހުއްދަ ކައުންސިލުން ދެވޭނީ އެއްގަމު އުޅަނދު ރޯޑްވާދިނަސް ހަދާ ގަރާޖު ޗެކުކުރާ ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކޮށް ހުށަހެޅުމުން ކައުންސިލާއި ރޯޑްވާދިނަސް ސެންޓަރާއި ދެމެދު އެއްބަސްވުމެއް އެކުލަވާލާ ސޮއި ކުރުމަށްފަހުގައެވެ.

ވީމާ، ރޯޑްވާދިނަސް ސެންޓަރުތައް ރަޖިސްޓްރީކޮށް ހުއްދަ ހޯދުމަށް ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ފޯމު ފުރިހަމަކޮށް މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

            މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                                  28 ޛުލްޤަޢިދާ 1442

08 ޖުލައި 2021