ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ މަރިޔާދުގޭ ގޯތި ތެރޭގައި މިހާރު ހަދާފައިވާ ވެހިކަލް ވެއްދުމަށް ބޭނުންކުރާ ގަރާޖުގައި މިހާރު ކުރަމުންދާ ބޭނުމުގެ ބަދަލުގައި އެހެން ބޭނުމެއް ކުރެވޭގޮތަށް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގަރާޖުގެ ބޭނުން ކުރިޔަށް އޮތްތަނުގައި ހިފުމަށް ރޭވިފައިވާގޮތަށް އެއިމާރާތަށް ބަދަލު ގެނައުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކަމާގުޅޭ މައުލޫމާތު ކަރުދާސް ނަންގަވާ އަދި ބީލަމުގައި ބައިވެރިވާ ފަރާތްތައް މިއިދާރާގައި ރެޖިސްޓަރ ވާންވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީން ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.
މިކަމާގުޅޭ މައުލޫމާތު ކަރުދާސް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 6602537 އަށް ގުޅުއްވާ އަދި ލިޔުމަކުން އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީއާއިންވެސް ރަޖިސްޓަރ ކުރުމާއި އަދި މައުލޫތު ދިނުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ. މިއިދާރާގެ އީ.މެއިލް އެޑްރެހަކީ، [email protected] އެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހު 13:00 އެވެ. އަދި އަންދާސީ ހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ މިދުވަހުގެ 13:05 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ.
28 ޛުލްޤައިދާ 1442