ދިވެހިރާއްޖެ
ހއ. އުތީމު ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ހއ. އަތޮޅު ހޮސްޕިޓަލަށް
ގެންގޮސްދިނުމާއި، ކެރިއަރ އަނބުރާ ގެނެސްދޭނެ ފަރާތެއް ބޭނުންވެގެން 01 ޖުލައި 2021ގައި ކޮށްފައިވާ އިޢުލާން
(IUL)A14-HC/2021/05 އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ ދެފަރާތުކަމަށްވާތީވެ އެއިޢުލާން ބާތިލްކޮށް
އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 14 ޖުލައި 2021ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:30ށް
އުތީމް ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޖުލައި 2021ވާ ބުރާސްފަތި ދުވަހުގެ 13:30އަށް އުތީމް
ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން
ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަދި ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ
ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއި
އެކު ސިޓީއަކުން ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ.