ދިވެހިރާއްޖެ
މިއޮފީހުގެ ޑާޓާ ސެންޓަރ ކޫލިންގ ސިސްޓަމް ބެލެހެއްޓުމާއި، ބެކަޕް ޔޫ.ޕީއެސް ސާރވިސް ވޮރެންޓީ އައުކުރުމާއި، ސްޓޯރޭޖް މެއިންޓަނަންސް މަސައްކަތް އަދި އެޗް.ޕީ ސްޓޯރޭޖް މެއިންޓަނަންސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2021/39 (07 ޖޫން 2021( އިޢުލާނަށް އެކަށީގެންވާވަރަށް ތަރުހީބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.
ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 05 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 7946663 / 9688869 ފޯނަށް ގުޅުއްވުން އެދެމެވެ.